ދަޢުވާއަކީ މުޅިހަޔާތާއި ގުޅިފައިވާކަމަކަށްވާއިރު، ދަޢުވާއާއި ހަމައަށްދާންޖެހޭނީ ވަރަށް ރަނގަޅަށް ބެލުމަށްފަހު: ޕީޖީ

ދަޢުވާއަކީ މުޅިހަޔާތާއި ގުޅިފައިވާކަމަކަށްވާއިރު، ދަޢުވާއާއި ހަމައަށްދާންޖެހޭނީ ވަރަށް ރަނގަޅަށް ބެލުމަށްފަހު: ޕީޖީ

މީހެެއްގެ މައްޗަށް މައްސަލައެއްގައި ދައުވާކުރުމާއި ހަމައަށްދާންވާނީ، ބަލަންޖެހޭ އެންމެހައި ކަންކަން ބަލައި، ސާބިތުކުރެވޭނެ ކަމުގައި ޔަގީނަކްނ ލިބުމުންކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން ޕީޖީ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ މީހެއްގެ މައްޗަށް ދައުވާ ކުރުމަކީ ވަރަށް ބޮޑު ކަމެއްކަމަށެވެ. ކަމެއްގައި މީހަކަށް ތުހުމަތުކުރެވޭ ކަމެއްބެލުމަށްފަހު ތަހުގީގު މަރުހަލާގައި ބަލަންޖެހޭ ކަންކަން ވަރަށް ފުރިއަށް ބެލުމަށްފަހު ނޫނީ ދަޢުވާއާއި ހަމައަށް ދިއުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ޕީޖީ ވިދާޅާޅުވިއެވެ.

ވަކިވަކި މައްސަލަތަކުގެ ތެރެއިން މިނިސްޓަރ މަހުލޫފްގެ މައްސަލައަށް އިޝާރާތް ކުރައްވަމުން ޕީޖީ ވިދާޅުވީ، މިނިސްޓަރ މަހުލޫފްގެ މައްސަލައަށް ބަލާލިކަމުގައި ވީނަމަވެސް އެއީ ސިޔާސީ ގޮތުން މީހެއްގެ މުޅި ހަޔާތް ނިމުމަކަށް ގެނެވޭނެ ވަރުގެ މައްސަލައެއްކަމަށެވެ. ޕީޖީ އޮފީހުން މައްސަލަތަކުގައި ކޯޓަށް ދައިވާ ހުށަހަޅާނީ ހުރިހާކަމެއް ބެލުމަށްފަހު ކޯޓުތަކުންވެސް ކުރާނެ ސުވާލުތަކާއި، ދިމާވާނެ ގޮންޖެހުންތަކަށްވެސް ތައްޔާރުވުމަށްފަހުކަމަށް ޕީޖީ ވިދާޅުވިއެވެ.

އަވަސް އަރުވައިލައިގެން ދައުވާ ކުރުމަކީ ރަނގަޅު ގޮތެއްނޫން. އެއްގޮތުން ބަލާއިރު ދައުވާ އަވަސް ކުރުމަކީ ރަނގަޅުކަމެއް. އެހެންނަމަވެސް ދައުވާއަކީ މީހެއްގެ މުޅި ދިރިއުޅުމާއި ގުޅިފައިވާކަމެއް. މިސާލަކަށް މިނިސްޓަރ މަހުލޫފްގެ މައްސަލައަށްބަލާނަމަ މިނިސްޓަރ މަހުލޫފެ މުޅި ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނާނެ މިމައްސަލައިން. އަޅުގަނޑުނެތިން ދައުވާ ކޯޓުގައި ނޫފުލާކަށް. އަޅުގަނޑު ބިރުގަންނަނީއޭވެސް ބައެއް ފަރާތްތަކުން ވިދާޅުވޭ. އެހެންމަވެސް އަޅުގަނޑު ބިރު ގަންނަންޖެހޭ ވަރުގެ ކަމެއްނެތް.

– ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ވަނީ މައްސަލަތަކުގައި ތަހުގީގީ މަރުހަލާގައި އެމަސައްކަތް ކުރައްވާ އިދާރާތަކުން، ހެކި ހޯދުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް ތަހުގީގީ އިދާރާތަކަށް ކޯޓުތަކުގައި ޝަރީއަތްތުގެ މަރުހަލާގައި ހޯދޭ ހެކިތަކާއި، ދިފާއީ ވަކީލުންގެ ސުވާލުތަކާއި، މިފަދަ ކަންކަން އެންމެ ރަނގަޅަށް ނޭގުމަކީވެސް އެކަށީގެންވާ ކަމެއްކަމަށެވެ.

ޕީޖީ ވިދާޅުވީ އެއޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ކޯޓަށް ހުށަހެޅޭވަރަށް ހުންނަ މައްސަލަތަކުގައި އެންމެ ގިނަވެގެންވެސް 6 ދުވަސް ތެރޭގައި ކޯޓަށް މައްސަލަ ހުށަހަޅޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާކަމަށެވެ. ޕީޖީ ވިދާޅުވީ ވަކި މީހަކަށް ނުވަތަ ވަކިކަމަށް ބިރުން އުޅޭނަމަ މިސަރުކާރުގެ ސްޓޭޓް މިނިސްޓަރުންގެ ލެވެލް ބޭފުޅުންނަށް ދައުވާކުރަން ކޯޓަށް ހުށަހަނާޅާނެކަމަށެވެ. ޕީޖީގެ މަސްއޫލިއްޔަތު އަދާކުރުމުގައި މިހާތަނަށްވެސް އަމަލު ކުރައްވަމުންދަނީ ވަރަށް މިނިވަންކަމާއި އެކުގައިކަމަށް ޕީޖީ ވިދާޅުވިއެވެ. އަދި މަސައްކަތަށް ހުރަސް އަޅޭފަދަ އެއްވެސް ހުރަހެއް ނެތްކަމަށް ޕީޖީ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *