އުފާވެރި ކައިވެނީގެ ސިއްރަކީ އެއްތާ ތިބެ ވާހަކަ ދެއްކުން: ޕްރިޔަންކާ

އުފާވެރި ކައިވެނީގެ ސިއްރަކީ އެއްތާ ތިބެ ވާހަކަ ދެއްކުން: ޕްރިޔަންކާ

ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. މިއީ ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްފައިވާ ކައިވެންޏެކެވެ. އެގޮތުން އެތަށް ބައިވަރު ހަފްލާ ތަކާއި މީޑީއާ ކަވަރޭޖްވެސް އޮތެވެ. ދާދި ފަހުން ދިން އިންޓަވިއުއެއްގަައި ޕްރިޔަންކާ ވަނީ އޭނާގެ އުފާވެރި ކައިވެނީގެ ސިއްރު ބަޔާންކޮށްފަ އެެވެ.

އެންމެ ފުރަތަމަ ޕްރިޔަންކާ އާއި ނިކް ދިމާވީ ދެމީހުންގެ ޕްރޮފެޝަނަލް މަސައްކަތުގެ ތެރެއިންނެވެ. އެގޮތުން އެންމެ ފުރަތަމަ މި ދެމީހުން ދިމާވީ ވެނިޓީ ފެއާ އޮސްކާއިންނެވެ. އެއީ 2017 ވަނަ އަހަރުގައެވެ. އެއަށްފަހު މި ދެ ފަންނާނުން އެކުގައި ފެނިގެން ދިޔައިީ ރާލްފް ލޯރަންގެ މެޓް ގާލާގެ ރެޑް ކާޕެޓުންނެވެ.

އޮސްޓްރޭލިއާގެ ވޯގަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ބުނެފައިވަނީ އެ ދެމީހުން އުފާވެރި ކައިވެނީގެ ސިއްރަކީ ވާހަކަ ދެއްކުން ކަމަށެވެ. އިތުރަށް ވާހަކަ ދައްކަމުން ޕްރިޔަންކާ ބުނެފައިވަނީ އެކުގައި އެއްތަނެއްގައި ތިބެގެން ވާހަކަ ދެއްކުމާއި އެކުގައި، ދެމީހުން ވެސް އެކަމާ ގަޔާވުން އެއީ ވަރަށް މުހިއްމު ކަމެއް ކަމަށެެވެ.

ޕްރިޔަންކާ އަދި ނިކް ޖޯނަސްގެ ކައިވެނީގެ ހަފްލާގެ ވާހަކަ ވަރަަށް ގިނަ ދުވަހު ދެކެވުނެވެ. އެގޮތުން މި ދެމީހުންގެ ކައިވެނީގެ ދެ ހަފްލާއެއް ވަރަށް ކުލަ ގަދަކޮށްވަނި ބާއްވާފައެވެ. އެއީ ކްރިސްޓިއަން ހަފްލާ އަކާއި އިންޑިއަން ހަފްލާއެކެވެ.

"މޯސްޓް އެޕިކް ވެޑިން"ގެ ސިއްރަކީ އެންމެ ދެމަަސް ދުވަހުގެ ތެރޭގައި ހުރިހާކަމެއް ނިންމުން ކަމަށް ޕްރިޔަންކާވަނީ ބުނެފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *