ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައިވެސް ނަޝީދަށް ދެވުނު ހަމަލާގެ މައްސަލަ

ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައިވެސް ނަޝީދަށް ދެވުނު ހަމަލާގެ މައްސަލަ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފެށުމަށް ހަމަޖެހިއްޖެއެެ.

މާދަމާ މަޖިލީހުގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ 10:30 ގައެވެ. މާދަމާގެ ޖަލްސާގެ އެޖެންޑާއަކީ ކުރު އަދި މުހިންމު އެޖެންޑާއެކެވެ. މާދަމާގެ ޖަލްސާގައި ރިޔާސަތުން ހުށަހަޅާ މައްސަލައެއްގެ ގޮތުގައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ނުރައްކ ތެރި ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ހުށަހަޅާ މައްސަލައެވެ. މިމައްސަލާގައި މާދަމާ ބަހުސް ކުރާނެކަމަށް ބެލެވެއެވެ.

މީގެ އިތުރުން މާދަމާގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހ ރަކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާއާއި ގުޅޭ ޚާއްޞަ މައްސަލަ ދިރާސާ ކުރުމަށް ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކޮށް މާދަމާ ތަޅުމުން ފަސްކުރާނެކަމަށް ބެލެވެއެވެ.

މި ރިޕޯޓުގައިވަނީ ފުލުހުން މިމައްސަލަ ދިރާސާކުރައްވާ ގޮތް ގާރުން ބެލުމަށާއި، ބޭރުގެ ފަންނީ މީހުންގެ މަޝްވަރާގެ މަތީން ޚާއްސަ އިންކުއަރީއެއް ހެދުމަށް ދަންނަވަން ފާސްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *