ބޮޑު ވައްކަމުން އެމްޑީޕީ ސަލާމަތްނުވާކަން މިހާރު ކަށަވަރުވެއްޖެ: ޖަމީލް

ބޮޑު ވައްކަމުން އެމްޑީޕީ ސަލާމަތްނުވާކަން މިހާރު ކަށަވަރުވެއްޖެ: ޖަމީލް

ޤާނޫނު ތަންފީޒުކުރަން ހުރަސްއެޅުމުގެ ބާރު، މެޖޯރިޓީގެ ނަމުގައި ވަކި ފިކުރަކަށް ލިބިގެނެއްނާކަމަށް ކުރީގެ ނާއިބު ރައީސް މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވެފައި މިވަނީ، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓް ހާމަކުރުމަށް އެމްޑީޕީގެ މަޖިލިސް ބައެއް މެންބަރުން ދެކޮޅު ހައްދަވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. އެމްޑީޕީގެ މަޖިލިސް މެންބަރުންނަކީ އެންމެ ހަރު އަޑުކޮށް އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ފައިސާގައި ޖެހުނު މީހުންގެ ނަންތައް ހާމަކުރަން ގޮވާލި މެންބަރުންނެވެ. ނަމަވެސް އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހާ ހިއްސާކުރި ލިސްޓްގައި އެމްޑީޕީގެ މަޖިލިސް ބައެއް މެންބަރުންގެ ނަން ހިމެނުމާއި ގުޅިގެން، އެ މެންބަރުންގެ ރާގު ބަދަލުވެފައިވާކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި އެސެޓްރިކަވަރީ ކޮމިޝަނަށް މައްސަލަ ނުބެލި ލިސްޓު އާންމު ނުކުރެވި ގިނަ ކަންބޮޑުވުންތަކެއް ފާޅު ކުރަމުންދިޔަ 19 ވަނަ މަޖިލީހުން ވަނީ މިމައްސަލަ ބަލަން ޚާއްސަ ކޮމިޓީއެއް އެކުލަވާލައި ލިސްޓު ދިރާސާ ކުރަން ފަށާފައެވެ. ލިސްޓު ލިބުމާއިއެކު، ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ މެމްބަރުން ވަނީ ލިސްޓު އާންމު ކުރުމަށް ދެކޮޅު ހައްދަވާފައެވެ.

މިކަމާއި ގުޅިގެން ކުރީގެ ނާއިބު ރައީސް ޑރ.ޖަމީލް ވިދާޅުވީ، އެމްއެމްޕީއާރުސީ ލިސްޓް ހާމަކުރަން އިންކާރުކޮށް، ވަކި ނަންތަކެއް މަޖްލީހުން އުނިކުރަން އުޅުމަކީ ޣައިރުދުސްތޫރީ ކަމެއްކަމަށެވެ. އަދި ޤާނޫނު ތަންފީޒުކުރަން ހުރަސްއެޅުމުގެ ބާރު، މެޖޯރިޓީގެ ނަމުގައި ވަކި ފިކުރަކަށް ލިބިގެން ނުވާކަމަށާއި، މިވައްކަމުން އެމްޑީޕީ ސަލާމަތްނުވާކަން މިހާރު ކަށަވަރުވެއްޖެކަމަށް ޖަމީލް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ ލިސްޓް ހާމަކުރަން އިންކާރުކޮށް، ވަކި ނަންތަކެއް މަޖްލީހުން އުނިކުރަން އުޅުމަކީ ޣައިރުދުސްތޫރީ ކަމެއް. ޤާނޫނު ތަންފީޒުކުރަން ހުރަސްއެޅުމުގެ ބާރު، މެޖޯރިޓީގެ ނަމުގައި ވަކި ފިކުރަކަށް ލިބިގެނެއްނުވޭ. މިވައްކަމުން އެމްޑީޕީ ސަލާމަތްނުވާކަން މިހާރު ކަށަވަރުވެއްޖެ.

– މުޙައްމަދު ޖަމީލް އަޙްމަދު

ޖަމީލް މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމް ވަނީ ބޮޑު ޚިޔާނާތުގެ މައްސަލަ ބަލާ ކޮމިޓީން ވަކިވެފައެވެ. އަދި އެ ލިސްޓްގައި އާޒިމްގެ ނަން އޮތްކަމުގެ ތުހުމަތުވެސް ވަނީ ކުރެވިފައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާގައި ޖެހުނުކަމަށް ބުނާ މީހުންގެ ލިސްޓް ރައްޔިތުންގެ މަޖިލީހުގެ އެދިވަޑައިގަތުމަށް ތަހުގީގީ އިދާރާތަކުން ވަނީ ފޮނުވާފައެވެ. އެ ލިސްޓްގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު281 މީހެއްގެ ނަން ވަނީ ހިމަނާފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންނާއި، ސަރުކާރުގެ މަގާމުގައިތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ އިތުރުން ބައެއް ފަނޑިޔާރުންނަށްވެސް ލިބިފައިވާކަމަށް ތަހުގީގީ އިދާރާތަކުން ކުރިން ހާމަކުރައްވާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *