ކޯވިޑް ޖެހުމުން ވެސް ކަންގަނާ ބުނަނީ އާދައިގެ ރޯގާއެއް ކަމަށް!

ކޯވިޑް ޖެހުމުން ވެސް ކަންގަނާ ބުނަނީ އާދައިގެ ރޯގާއެއް ކަމަށް!

ބޮލީވުޑްގެ ތަރި ކަންގަނާ ރަނާވަތު ކޯވިޑް 19 އަށް ޕޮޒިޓިވްވެެއްޖެ އެވެ.

އޭނާ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް މިކަން އިއުލާން ކޮށްފައެވެ. އަދި މިކަމާއި ގުޅިގެން އޭނާއާށް ކުދިކުދި އުދަނގޫ ތަކެއް ވެފައި ވާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ކޯވިޑް ޖެހުންކަން ހާމަކުރަމުން އޭނާ ވަނީ ޔޯގާ ޕޯސްއެއްގައި އިން ފޮޓޯއެއް ހިއްސާކޮށްފަ އެވެ. ކަންގަނާ ބުނެފައިވަނީ ވަރުބަލިވެ ލޮލުން ދިލަ ނަގާ ކަހަލަ އިހުސާސްއެއް ކުރެވޭތީ ޓެސްޓުކުރުމުން ޕޮޒިޓިވްކަން އެނގުނު ކަމަށެވެ. އޭނާ މިހާރު ހުރީ ކަރަންޓީނުގައެވެ. ކަންގަނާ ބުނެފައިވަނީ މިއީ ކުޑަކުޑަ ރޯގާއެއް ކަމަށާއި އޭނާ މި ރޯގާގެ މައްޗަށް ގަދަ ވެގަންނާނެ ކަމަށެވެ. ކަންގަނާ ފާހަގަވެފައި ވަނީ އޭނާ ހިތަށް އެރި އެއްޗެއް ހިތަށް އެރި ގޮތަކަށް މާބޮޑު ވިސްނުމެއް ނެތި ބުނެލާ މީހެއްގެ ގޮތުގައެވެ

 

View this post on Instagram

 

A post shared by Kangana Ranaut (@kanganaranaut)

މީގެ ކުރިން ކަންގަނާ ވަނީ އާންމު ތަންތާއުޅޭއިރު މާސްކު ނާޅާ އުޅުމުގެސަބަބުން ހިފަހައްޓާފަ އެވެ. އަދި އޭނާ މުމްބާއީ އެއާޕޯޓުގައި މާސްކު ނާޅާ އުޅުނު ފޮތޯތަކެއް ވެސް ވަނީ އާންމު ވެފައެވެ.

ދާދިފަހުން ޓްވިޓާއިން ވަނީ ކަންގަނާގެ ޓްވިޓާއެކައުންޓް ބޭން ކޮށްފައެވެ. އެގޮތުން އޭނާ ބޭން ކޮށްފައިވަނީ ޓްވިޓާގެ ގަވާއިދާ ޚިލާފު، ފިތުނަފަސާދަ އުފެދޭ ފަދަ ޓްވީޓްތައް ކުރުމުންނެވެ. މިކަމާއި ގުޅިގެން ކަންގަނާ މިހާރު ބޭނުން ކުރަމުން އަންނަނީ އިންސްޓަގްރާމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *