އާ ގާނޫނުން ޒަޔަނިސްޓުން އައުން މަނަލެއްނުވޭ: ފިއްޓޭ

އާ ގާނޫނުން ޒަޔަނިސްޓުން އައުން މަނަލެއްނުވޭ: ފިއްޓޭ

އިޒްރޭލް ޕާސްޕޯޓް ގެންގުޅޭ ފަރާތްތައް ރާއްޖެއައުން މަނާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ދިވެހި ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނުގެ އާ ބިލުން ޒަޔަނިސްޓުން ރާއްޖެ އައުން މަނާ ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި އިމިގްރޭޝަން ގާނޫނުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ފިއްޓޭ ވިދާޅުވީ، މި ބިލު ހުށަހަޅަމުން މެންބަރު، ދެއްކި އެންމެ ބޮޑު އެއް ވާހަކައަކީ މި ގާނޫނުން ޒައިިސްޓުންނަށް ރާއްޖެ ނާދެވޭ ވާހަކަ ކަމަށެވެ.

ނަމަވެސް ބިލްގައި ކަނޑައަޅާފައި ވަނީ، އިޒްރޭލް ޕާސްޕޯޓް ގެންގުޅޭ މީހުންނަށް ރާއްޖެ ނާދެވޭގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ފިއްޓޭ ވިދާޅުވީ، މީގެކުރިން ގާނޫނަށް ގެނައި އިސްލާހުން އިޒްރޭލް ޕާސްޕޯޓް ގެންގުޅޭ މީހުން ރާއްޖެ އައުން މަނާ ކުރީ، ހަތެއް އޮކްޓޫބަރު 2023 ވަނަ އަހަރު އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ފެށި ހަަލާތައް ހުއްޓަންދެން ކަމަށެވެ. އެހެންކަމުން އޭރު ރާއްޖެއަށް އިޒްރޭލް މީހުން އައުމުގެ ބާރު އޮތީ އިޒްރޭލް ސަރުކާރަށް ކަމަށްވެސް ވިދާޅުވިއެވެ.

ފިއްޓެ ވިދާޅުވީ، އެއީ ހަމަލާތައް ހުއްޓުވުމުގެ ބާރު އިޒްރޭލް ސަރުކާރަށް އޮތުމުންނެވެ.

ނަމަވެސް ފިއްޓެ ވިދާޅުވީ، މިފަހަރު ހުށަހަޅާފައިވާ ބިލުގައި އެއަށްވުރެ ރަނގަޅަށް އެކަން ހިމަނާފައިވި ނަމަވެސް ސީދާ ޒަޔަނިސްޓުން ރާއްޖެ އައުން މަނާކަމަށް ބިލްގައި ހިމަނާފައި ނެތުމުން މި ގާނޫނުން އެ މީހުން އައުން މަނާ ނުކުރެވޭ ކަމަށެވެ. އަދި އިޒްރޭލް ގިނަ މީހުންނަކީ، ޑުވެލް ޕާސްޕޯޓް ގެންގުޅޭ ބަޔެއްކަމުން ވެސް މި ގާނޫނުން އެމީހުން އައުން މަނާ ނުކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *