ސުލްހައިގެ މަޝްވަރާތަކުގައި އެމެރިކާގެ ސީރިއަސްކަމެއް ނެތް: އީރާން

ސުލްހައިގެ މަޝްވަރާތަކުގައި އެމެރިކާގެ ސީރިއަސްކަމެއް ނެތް: އީރާން

ސުލްހައިގެ މަޝްވަރާތަކުގައި އެމެރިކާގެ ސީރިއަސްކަމެއް ނެތް ކަމަށް ބުނެ އީރާނުން އެމެރިކާއަށް ތުހުމަތުކޮށްފިއެވެ.

އީރާނުން އެމެރިކާއާއެކު ސީދާ މަޝްވަރާތަކެއް ކުރުމަށް ރަޝިޔާއާއި ޗައިނާއިން ބާރުއަޅާފައިވޭތޯ ސުވާލުކުރުމުން، އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ، އެއީ ދެވަނަ ދަރަޖައިގެ ކަމެއް ކަމަށާއި، އެމެރިކާއާއެކު ސީދާކޮށް ނުވަތަ ނުސީދާކޮށް މަޝްވަރާކުރުމުގެ މައްސަލައަކީ މުޅިންވެސް އިތުރު ބަހުސެއް ކަމަށެވެ.

މިދިޔަ ޖޫންމަހު އެކުލަވާލި އިސްލާމްއާބާދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގްއަށް އިޝާރާތްކުރައްވައި ބަގާއީ ވިދާޅުވީ، މީގެކުރިންވެސް އެމެރިކާއާއެކު މަޝްވަރާކޮށް އެއްބަސްވުމަކަށް އާދެވުނު ކަމަށެވެ. އެމެރިކާއިން އެންމެ މަތީ ފަންތީގައި އެ އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް، އެ އެއްބަސްވުން ދެ ހަފްތާއަށްވެސް ދެމިގެން ނުދިޔަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެންމެ މުހިންމު ކަމަކީ ޑިޕްލޮމެސީގެ އާންމު އުސޫލުތަކުގެ ތެރެއިން ކަންކަން ކުރިއަށްގެންދިއުމުގެ ސީރިއަސްކަމާއި އިޚްލާސްތެރިކަން ހުރުން ކަމަށް ބަގާއީ ވިދާޅުވިއެވެ. ޑިޕްލޮމެސީއަކީ އަނެއް ފަރާތުގެ ހައްގުތަކާއި މަސްލަހަތުތައް ބަލައިގަތުން ކަމަށާއި، އެއީ ހަމައެކަނި އަމިއްލަ ފައިދާއަށް މަސައްކަތްކޮށް، އަނެއް ފަރާތަށް ލިބެންޖެހޭ މަންފާތަކުން މަހްރޫމްކުރުން ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *