ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީ އަމިއްލައަށް ޖިންސީ އެދުން ފުއްދި މީހަކު ހައްޔަރުކޮށްފި

ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީ އަމިއްލައަށް ޖިންސީ އެދުން ފުއްދި މީހަކު ހައްޔަރުކޮށްފި

ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީ އަމިއްލައަށް ޖިންސީ އެދުން ފުއްދި މައްސަލައިގައި މީހަކު ހައްޔަރުު ކޮށްފިއެވެ.

މި މީއަކީ މީގެކުރިން މިސްކިތަކަށް ބޮޑުކަމުދިޔަ މައްސަލައަކާގުޅިގެންވެސް ހައްޔަރުކުރި ގ. މާލެހިޔާ ނައުޝާދު މޫސާ 32އ އެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާއަކީ، ފުރުގާން މިސްކިތުގައި ލުހާ ނަމާދަށް ހުރި އަންހެނެއްގެ ކުރިމައްޗަށް ނައުޝާދު އަރައި ބަރަހަނާވެ، އަމިއްލަ އެދުން ފުއްދި މައްސަލައެވެ.

ފުލުހުން މިއަދ ބުނީ، އެ މައްސަލަ އެ އަންހެން މީހާގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

"މި މައްސަލާގައި އެ ފަރާތުން ދިން މައުލޫމާތާއި ގުޅިގެން ނައުޝާދު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި." ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ، ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން އެފަރާތް އެފަދަ ކަމެއް ތަކުރާރުކޮށް ކުރިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *