ތިން އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 20 އަހަރައް ޖަލަށްލުމަަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ކުޑަ ކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާގައި، ހުކުމްކުރީ، ހއ. ހޯރަފުށި ހުދުހުދާގެ މުހައްމައު ނާއިޝް އާދަމްގެ މައްޗަށެވެ.
މި މައްސަލައިގައި ބުނެފައިވަނީ، 2025 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އެކި ދުވަސްމަތިން ތިން އަހަރުގެ ކުަ ކުއްޖަކާއެކު އޭނާ ޖިންސީ އަމަލު ހިންގާފައިވާ ކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުން 20 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށް، މި މައްސަލައިގައި އޭނާ ބަނަދުގައި ހުރި މުއްދަތު އުނި ކުރުމުން އޭނާ ތަންފީޒު ކުރަންޖެޙޭ މުއްދަތަކީ 18 އަހަރާއި ހަތް މަހާއި 28 ދުވަސް ކަމަށް ވަނީ ކަނޑައަޅައިފައެވެ






