ވަގަށް ރާއްޖެއަށް ބޯޓުތައް ވަންނާތީ ސަލާމަތީ ހިދުމަތްތަކުގެ ވެރިން މަޖިލީހަށް ހާޒިރު ކުރަނީ

ވަގަށް ރާއްޖެއަށް ބޯޓުތައް ވަންނާތީ ސަލާމަތީ ހިދުމަތްތަކުގެ ވެރިން މަޖިލީހަށް ހާޒިރު ކުރަނީ

ރާއްޖެއަށް ވަގަށް ވަނުމުން ކަސްޓަމްސް އިން ހިފަހައްޓާފައި ވާ ދެ ބޯޓެއް ނަގިލި ކަނޑައިގެން އޮޔާ ގޮސް މާލޭގެ ފަރަށް އެރުމާއި ގުޅިގެން ސިނަމާލެ ބްރިޖުގައި ޖެހުނު މައްސަލާގައި، ކަމާބެހޭ ތަންފީޒީ އިދާރާތަކުގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް  ހާޒިރުކުރަން ހުށަހަޅައިފިއެވެ.

ދޫނިދު އާއި މާލެއާއި ދެމެދު އަޅާފައި އޮތް ދެ ބޯޓު، މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ އޮޔާ ދިޔައީ ބާރުގަދަ ކޮޅިގަނޑުގައި ނަގިލި ކަނޑައިގެންނެވެ.

އެ މައްސަަލަ އާއި އެހެން ބައެއް މައްސަަލަތަކާ ގުޅޭ ގޮތުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ފުލުހުންނާއި ސިފައިން ހާޒިރު ކުރަން ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ އެވެ.

ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ގަފޫރުގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ މާފަންނު އުތުރު ދާއިރާގެ އެމްއެންޕީގެ މެންބަރު މުހައްމަދު ނާޒިމާއި މަހިބަދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަތު ތޯރިގު (ޓޮމް) އެވެ. ކޮމިޓީ ބައްދަލުވުން ވަކި ހިސާބަކުން ސިއްރު ކުރުމުން ގަފޫރުގެ ހުށަހެޅުއްވުމާ މެދު ކޮމިޓީން ނިންމި ގޮތެއް ސާފެއް ނުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *