ތަކުރާރުކޮށް މިސްކިއްތަކަށް ގެއްލުންދެމުންދިޔަ މީހަކު އެ މައްސަލައިގެ ޝަރިއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ކޯޓުން ފުލުހުންގެ މައްޗަށް މި އަމުރުކޮށްފައި ވަނީ ގ.މާލެހިޔާ 2-13-02 ނައުޝާދު މޫސާ ބަންދުގައި ބެހެއްޓުމަށެވެ.
މީނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި ބެެހެއްޓުމަށް ކޯޓުން ނިންމި މި ނިންމުމުގައި ވަނީ، މީނާއަކީ ތަކުރާރުކޮށް މިފަދަ ކުށް ކުރުމުގެ ރެކޯޑް އޮތް މީހެއް ކަމަށެވެ. މީނާ ބަންދުން ދޫކޮށްލައިފިނަމަ މިކުށް ތަކުރާރުކޮށްފާނެ ކަަމަށް ބުރަވެވޭކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.
ގުރުގާނުްމިސްކިތައްވަދެ އެ މިސްކިތުގައިހުރި ހަތިމްތައް އުކާލައި އެ މިސްކިތައް ގެއްލުންދީގެންވެސް މީގެ ކުރިން މީނާ ހައްޔަރުކުރިއެވެ. އޭގެ އިތުރުން މިސްކިތެއްގައި ތިބި އަންހެނުންތަކަކަށް ޖިންސީ ގުނަވަން ދައްކައިގެން ވެސް 2024 ވަނަ އަހަރު އޭނާ ހައްޔަރު ކުރި އެވެ. މީގެ ކުރިން ސްކޫލަކަށް ވަދެ ވެސް ޖިންސީ ޖިނިްސީ ގުނަވަންދެއްކި މައްސަލައެއް އޭނާގެ މައްޗަށް އޮތީ ފެންމަތިވެފައެވެ. އަދި މިސްތިތެއްގެ ތެރެއަށް ބޮޑުމަކުދިޔަ މައްސަލައެއްގައިވެސް އޭނާ ހައްޔަރު ކޮށްފައިވއެވެ.





