ސައިކަލެއްގައި ދިޔަ މީހެއްގެ އަތުން ޑޮލަރު ޗެކަކާއި ފޯނު އަތުލި މީހުންނަށް ޖަލު ހުކުމް

ސައިކަލެއްގައި ދިޔަ މީހެއްގެ އަތުން ޑޮލަރު ޗެކަކާއި ފޯނު އަތުލި މީހުންނަށް ޖަލު ހުކުމް

ސައިލެއްގައި ދިޔަ މީހެއްގެ އަތުން ޑޮލަރު ޗެކަކާއި ފޯނު އަތުލި ތިން މީހެއްގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ ގ. ބުލޫގެ އަނަސް ވަހީދު ސައިކަލެއްގައި، ރަށްދެބައިމަގު ހޮބީސް ފިހާރަ ކައިރިން ދުއްވާފައިގޮސް ސައިކަލް މަޑުކޮށްލި ވަގުތު ސ. ހިތަދޫ އެބީވިލާ އަލީ އަކުރަމް އެ ސައިކަލުގެ ފަހަތަށް އަރައި، އެ ދެމީހުންގެ ފަހަތުން ސ. ހިތަދޫ ފާނަވިލާގެ ހަސަން އަލީމް ޒުހުރީ އާއި ހިތަދޫ އެބީވިލާ މުހައްމަދު ނާޒިޝް ނާޒިމް، އެ ދެމީހުން ކުރެ ކޮންމެ މީހަކު ސައިކަލެއްގައި ދުއްވަމުން ގޮސް އަނަސްގެ އަތުގައި ހުރި ޑޮލަރު ޗެކަކާއި ފޯނު އަތުލި މައްސަލައެކެވެ.

އަނަސްގެ އަތުގައި އޮތް ފަންސާސްހާސް ތިންސަތޭކެ ޔޫއެސް ޑޮލަރުގެ ޗެކާއި އެނާގެ އަތުގައި އޮތް 15 ޕްރޯ މެކްސް ފޯނު އަތުލީ އަލީ އަކުރަމެވެ. އޭގެ އިތުރުން އޭނާ ދުއްވި ސައިކަލްގެ ތަޅުދަނޑިވެސް އަތުލިއެވެ.

މި މައްސަލައިިގައި މިމީހުންގެ މައްޗަށް ދައުލަތުން ކުރީ، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާއަށް، ފުރަމަކޮޅު އިންކާރު ކުރި ނަމަވެސް އިބްތިދާއީ މަރުހަޅާ ނިމުން މި އެންމެން ވަނީ ކުށަށް އިއުތިރާފްވެފައެވެ.

އެހެހެން ކަމުން މި މައްސަލައިގައި އަލީ އަކުރަމް 1 އަހަރާއި 12 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކޮށް، ހުކުމްގެ ބާކީ އޮތް 11 މަހާއި އެއް ދުވަސް، ޖޫރިމަނާ ކުރުމުގެ އަދަބަށް ބަދަލުކޮށް، ޖޫރިމަނާގެ ގޮތުގައި 66،200 18 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން އެންގިއެވެ.

މުހައްމަދު ނާޒިޝް ނާޒިމް އާއި ހަސަން އަލީމް ޒުހުރީ ނުވަ މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށް އެ މީހްނަށް ކުރި ހުކުމްގެ ތެރެއިން 46 ދުވަހަކީ ޖަލަށް ލުމުގެ އަދަބު ކަމަށާއި، ހުކުމްގެ ބާކީ އޮތް އަށް މަހާއި ދެ ދުވަސް ޖޫރިމަނާ ކުރުމުގެ އަދަބަށް ބަދަލުކޮށް، ޖޫރިމަނާގެ ގޮތުގައި 48،400 ރުފިޔާ 12 މަސް ދުވަހުގެ ތެރޭގައި ޒުހުރީއަށް އަންގައި، މުހައްމަދު ނާޒިޝް ނާޒިމްގެ މައްޗަށް ކަނޑައެޅި ޖަލު ހުކުމްގެ ތެރެއިން 65 ދުވަހަކީ ޖަލަށް ލުމުގެ އަދަބު ކަމަށާއި ހުކުމްގެ ބާކީއޮތް ހަތް މަހާއި 13 ދުވަސް ޖޫރިމަނާ ކުރުމުގެ އަދަބަށް ބަދަލުކޮށް، ޖޫރިމަނާގެ ގޮތުގައި 44،600 ރުފިޔާ 12 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކަން ވަނީ އަންގައިފައެވެ.

މީގެ އިތުރުން މި މައްސަލައާ ގުޅިގެން އެ ތިންމީހުން ބަންދުގައި ހޭދަކުރި މުއްދަތު ހުކުމްގެ މުއްދަތުން އުނި ކުރުމުން އެ މީހުން ތަންފީޒު ކުރަންޖެހޭ އަދަބެއް ނެތްކަމަށް ވެސް ހުކުމުގައި ވަނީ ކަނޑައަޅައިފައެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *