މިއަހަރު ޗައިނާއިން 200,000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް

މިއަހަރު ޗައިނާއިން 200,000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް

ރާއްޖޭގެ ޓޫރިޒަމްގެ އެއްވަނަ މާކެޓް، ޗައިނާއިން މިއަހަރުގެ މިހާތަނަށް 200,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން 200,047 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ޖުމްލަ 1.1 މިލިއަން ފަތުރުވެރިންގެ 17.1 ޕަސެންޓެވެ.

ޗައިނާއަށްފަހު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ، 170,007 ފަތުރުވެރިންނާއެކުއެވެ. ތިން ވަނައިގައި އޮތީ 93,715 ފަތުރުވެރިންނާއެކު އިނގިރޭސިވިލާތެވެ. މީގެ އިތުރުން، 77,707 ފަތުރުވެރިންނާއެކު އިޓަލީ އަދި 73,370 ފަތުރުވެރިންނާއެކު ޖަރުމަނުވެސް ގަދަ ފަހެއްގައި ހިމެނެއެވެ.

ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ ތެރޭގައި 69,491 ފަތުރުވެރިންނާއެކު އިންޑިއާ، 30,889 ފަތުރުވެރިންނާއެކު ފްރާންސް، 29,708 ފަތުރުވެރިންނާއެކު އެމެރިކާ، 27,717 ފަތުރުވެރިންނާއެކު އޮސްޓްރޭލިއާ، އަދި 23,093 ފަތުރުވެރިންނާއެކު ސްވިޓްޒަލޭންޑް ހިމެނެއެވެ.

ރާއްޖޭގައި ފަތުރުވެރިކަމަށް މި ވަގުތު އޮޕަރޭޝަންގައި ހުރީ 1,307 ފެސިލިޓީއެވެ. އޭގެ ތެރޭގައި 179 ރިސޯޓާއި 939 ގެސްޓްހައުސް އާއި 16 ހޮޓާ އަދި 173 ޓޫރިސްޓް އުޅަނދު ހިމެނެއެވެ. މި ފެސިލިޓީތަކުގައި ޖުމްލަ 68,254 އެނދު ހުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *