ޝައިހް އިސްމާއީލް އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ޝައިހް އިސްމާއީލް އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ފަޟީލަތުއްޝައިހް އިސްމާއީލް މުހައްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

މީސް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ޝައިހް އިސްމާއީލް އަވަހާރަވުމާ ގުޅިގެން ބޮޑު ހިތާމައަކާއި ފުން އަސަރުތަކެއް ކުރިމަތިވި ކަމަށެވެ. ދ. މީދޫ އަށް އުފަން ޝައިހް އިސްމާއީލްއަކީ ރާއްޖޭގައި ދީނީ ތައުލީމު ފެތުރުއްވުމަށް ފުޅާ ދާއިރާއެއްގައި ހިދުމަތް ކުރެއްވި، ދިވެހި ދަރިވަރުންނަށް ރާއްޖެއިން ބޭރުން ދީނީ ތައުލީމު ހޯދުމުގެ ފުރުސަތު ހޯއްދަވައިދެއްވި ބޭފުޅެއް ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމުގެ ދާއިރާއިން ޝަރަފްވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ޝައިހް އިސްމާއީލްއަކީ ދީނީ ފޮތްތައް ދިވެހިބަހަށް ތަރުޖަމާ ކުރައްވައި ޝާއިއު ކުރެއްވި، ގިނަ ބޭފުޅުންތަކެއްގެ އުސްތާޒެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޝައިހް އިސްމާއީލްގެ ލޮބުވެތި އާއިލާއަށް ތައުޒިޔާ ދަންނަވަމުން، ﷲ ގެ ރުއްސެވުމާ ފުއްސެވުމާ ސުވަރުގޭގެ ނިއުމަތުގައި ލެހެއްޓެވުން އެދި ދުއާ ދެންނެވި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *