ކައުންސިލަރުންގެ މުސާރަ ގަރާރު ބޭރުކުރީ ޒިންމާދާރުކަން ކުޑަ ގޮތަކަށް: ޝަމްހީދު

ކައުންސިލަރުންގެ މުސާރަ ގަރާރު ބޭރުކުރީ ޒިންމާދާރުކަން ކުޑަ ގޮތަކަށް: ޝަމްހީދު

ސަރުކާރުން ހުރިހާ ކަމެއް ކުރާނެ ކަމަށް ބުނެ، މަޖިލީހަށް ވަކިވަކި ގަރާރު ހުށަހަޅަން ނުޖެހޭ ކަމަށް ބުނުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ޝަމްހީދު މިފަދައިން ވިދާޅުވީ، ކައުންސިލަރުންގެ މުސާރަ ބޮޑު ކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ. ޕީއެންސީ މެމްބަރުންގެ ވޯޓާ ގުޅިގެން ގަރާރު ބޭރުކޮށް، ސަރުކާރުން ހައްލެއް ގެންނާނެ ކަމަށް އެބޭފުޅުން ވަނީ ބުނެފައެވެ.

ދައުލަތުގެ ތަފާތު ތަންތަނުގެ ދެ ފަރާތްތަކުގެ ތެރޭ ހުރި ބޮޑެތި ފަރަގުތައް ފާހަގަ ކުރައްވަމުން ޝަމްހީދު ވިދާޅުވީ، ކައުންސިލް ސެކްރެޓަރީ ޖެނެރަލުންގެ މުސާރަ 19،000 ރުފިޔާ އިން 35،000 ރުފިޔާ އަށް ބޮޑު ވިއިރު، ރައްޔިތުން އިންތިހާބުކޮށްފައި ތިބި ކައުންސިލަރުންގެ މުސާރަ 25،000 ރުފިޔާ ގައި ހިފެހެއްޓިފައި ހުރުމަކީ ބޮޑު ބޭއިންސާފެއް ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވި ފަހުން ދެ އަހަރާ ބައިގެ ތެރޭ ދައުލަތުން މުސާރައަށް ކުރާ ހޭދަ 43 އިންސައްތަ އިތުރުވި ކަމަށާއި، 2023 ގައި 11.9 ބިލިއަން ރުފިޔާ ގައި ހުރި މުސާރަ ޝީޓް ދެން 17.1 ބިލިއަން ރުފިޔާ އަށް ދިޔަ ކަމަށް ޝަމްހީދު ވިދާޅުވިއެވެ. ނަމަވެސް 43 އިންސައްތައިގެ ކުރިއެރުން، ގިނަ ސިވިލް ސާވިސް މުވައްޒަފުންނަށް ލިބިފައި ނުވާ ކަމަށް ވެސް ޝަމްހީދު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *