އޮމާނުން ތެޔޮ ގަންނަން ރާއްޖެއިން ނިންމި ނިންމުމަކީ ހޭލުންތެރި، ދުރުވިސްނޭ ސްމާޓް ނިންމުމެއް ކަމަށް ދުނިޔޭގެ މަޝްހޫރު ރޭޓިން ކުންފުނި ފިޗް ރޭޓިންގްސްއިން ބުނެފިއެވެ.
ފިޗްގެ ފަހުުގެ ސޮވެރިން ރޭޓިން ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި، ހޯމުރޫޒް ކަނޑުުއޮޅި ބަންދުުވި ނަމަވެސް، އޮމާނުުގެ ބަނދަރު ތަކަށް ތަފާތު ގޮންޖެހުުންތަކެއް ކުުރިމަތި ނުވާތީ، ތެޔޮ ލިބުުމުގައި ރާއްޖެ ހުުށަހެޅިދާނެ ބޮޑެތި ރިސްކް ތަކުން ސަލާމަތްވުމުުގެ ގޮތުން ނިންމި ތޫނުުފިލި ނިންމުުމެއް ކަމަށެވެ.
ހަކަތައިގެ ރައްކާތެރިކަން ކަށަވަރު ކުުރުުމަށް ސަރުކާރު ހިއްސާވާ ކުުންފުންޏެއް މެދުުވެރިކޮށް، އޮމާނުުގެ ކްރެޑިޓަރެއްގެ ފަރާތުުން 100 މިލިއަން ޑޮލަރުުގެ ފަންޑިން ފެސިލިޓީއެއް ހޯދާފައިވާ ކަންވެސް ފިޗްއިން ފާހަގަ ކޮށްފައިވެއެވެ. ދުުނިޔޭގެ ބާޒާރުުގައި ހަކަތައިގެ އަގުުތަކަށް ލޮޅުުން ތައް ކުުރިމަތިވުުމުގެ ނުުރައްކާ ރާއްޖެއަށް ތިލަ ވެދާނެ ކަމަށް ފިޗްއިން ފާހަގަ ކުރިއެވެ.
ފިޗްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ވަނީ "ސީސީ" ން "ސީސީސީ-" ށް ރަނގަޅުުކޮށްފައެވެ.ފިޗުން ރާއްޖޭގެ ރޭޓިންގ މަތި ކުރި މައިގަނޑު ސަބަބަކީ މިދިޔަ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ލޯނުތަކެއް މިދިޔަ މަހު ރާއްޖެއިން ދެއްކުމެވެ. ރައީސް ޑރ. މުުހައްމަދު މުުއިއްޒު ވިދާޅުވެފައި ވަނީ، ސަރުުކާރުގެ ސިޔާސަތަކީ ބޭރުުން ބޮޑެތި ލޯނު ނުުނަގައި ތަރައްގީ ކުުރިއަށް ގެންދިޔުުމަށް ކަމަށެވެ.





