އެމްޑީޕީގެ ޗެއަރޕާސަންކަމަށް ރައީސް މުޙައްމަދު ނަޝީދު އިންތިޚާބު ނުކޮށްފި ނަމަ 6 ގަޑިއިރު ތެރޭގައި 12،000 މެމްބަރުން ޕާޓީން ވަކިވެ، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ވޯޓު ދޭނެ ކަމަށް ބުނެ، ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުގެ އިސް ފަރާތެއް ކަމުގައިވާ މުހައްމަދު ރަޝީދު (ބޮންޑާ)، އެމްޑީޕީގެ އާންމު މެމްބަރުންނަށް އިންޒާރު ދީފިއެވެ.
ބޮންޑާ މި އިންޒާރު ދީފައިވަނީ ކްލަބް ހައުސްގައި ރައީސް ނަޝީދަށް ތާޢީދުކޮށް ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ރައީސް ނަޝީދު ޗެއަރޕާސަންކަމަށް ވަޑައިގަތުމަކީ އާންމު މެމްބަރުންގެ "ނަސީބު" ކަމަށާއި، ނުހޮވައިފި ނަމަ އެއީ މެމްބަރުންގެ "ބަދުނަސީބު" ކަމަށް ބޮންޑާ ސިފަކުރެއްވިއެވެ.
"6 ގަޑިއިރު ތެރޭގައި 12،000 މީހުން ޕާޓީން ކެނޑިގެން ނުކުމެގެންދާނެ. ހަމަސީދާ ގޮވާނީ އެލްސޯފާއަށް ވޯޓު،" ބޮންޑާ ވިދާޅުވިއެވެ.
އާންމު މެމްބަރުން ވޯޓުލުމުގެ ޙައްޤު ވަކި ގޮތަކަށް ބޭނުން ކުރަން މަޖުބޫރުކޮށް ބިރު ދެއްކުމަކީ މީގެ ކުރިން އެމްޑީޕީގެ އެއްވެސް ބަޔަކު ކޮށްފައިވާ ކަމެއް ނޫނެވެ. އެ ޕާޓީގައި އަބަދުވެސް ބޭނުން ފަރާތަކަށް މިނިވަންކަމާ އެކު ވޯޓުލުމުގެ ޙައްޤު މެމްބަރުންނަށް ލިބިދީފައި ވީ ނަމަވެސް، ރައީސް ނަޝީދުގެ ޓީމުން ދަނީ އެކި ގޮތްގޮތުން ވޯޓަށް ނާޖާއިޒް ނުފޫޒު ފޯރުވުމަށް މެމްބަރުންނަށް ބިރު ދައްކަމުންނެވެ.






One Response
ޑިމޮކްރަސީ