12 ވަރަކަށް އަހަރު ވަންދެން ހިންގި ދިގު މަޝްވަރާ ތަކަށްފަހު އިނގިރޭސިވިލާތަށް ބޭރުކުރާ ދިވެހި މަހުން ނަގަމުން ދިޔަ ޓެރިފް ކަނޑާލައިފިއެވެ.
ދިވެހި މަހާ ދެކޮޅަށް ޓެރިފް ކަނޑައެޅިގެން ދިޔައީ 2014 ވަނަ އަހަރުން ފެށިގެންނެވެ. ދިވެހިރާއްޖެ 2011 ވަނަ އަހަރު ތަރައްޤީ ވަމުންދާ ޤައުމެއްގެ ދަރަޖަ ހޯދުމާ ގުޅިގެން، ދިވެހި މަހުން ވިލާތުގެ ބާޒާރުުގައި 24 އިންސައްތައިގެ ޓެރިފެއް ކަނޑައެޅި، ދެން 2021 ވަނަ އަހަރު ބްރެކްސިޓްގެ ސަބަބުން ރާއްޖެ 20 އިންސައްތައިގެ ޓެރިފެއްގެ ލިސްޓުގައި ހިމެނިގެން ދިޔައެވެ.
ފާހަގަ ކޮށްލަންޖެހޭ ކަމަކީ، ހަމަ މި ސަރަހައްދުން ކަނޑުމަސް ބާނާ ލަންކާ، ސީޝެލްސް، މޮރިޝަސް، އަދި މަޑަގަސްކަރަ ފަދަ ޤައުމުތަކަށް ވަކި ވިޔަފާރި އެއްބަސްވުންތަކުގެ ދަށުން ޓެރިފް ނެތި ރާއްޖޭގެ ވާދަ ވެރި ބާޒާރަށް ދިވެހި ކަނޑުމަހާ ވާދަ ކުރެވެމުން ދިޔަ ކަމެވެ.
ރައީސް މުއިއްޒު، 2024 ވަނަ އަހަރު ޖުލައި މަހު، ރަސްމީ ދަތުރުފުޅެއްގައި ލަންޑަނަށް ވަޑައިގެން، ބިޒްނަސް ފޯރަމް، ކޮމަންވެލްތު، ކިންގ ޗާލްސްއާ ބައްދަލުވުންތަކުގެ ތެރެއިން ދިވެހި މަހަށް ހަމަ އަގު ހޯދުމުގެ މަޝްވަރާ ވަނީ އިތުރަށް ކުރައްވާފައެވެ. އަދި ދިވެހި ކަނޑު މަހުގެ ބްރޭންޑް "ފްރޮމް މޯލްޑިވްސް" ވެސް ލޯންޗު ކުރެވިގެން ދިޔައީ އެ ދަތުރުފުުޅުގެ ތެރެއިންނެވެ.
މީގެ ފައިދާ މުސްތަޤުބަލަށް އިންތިހާއަށް ބޮޑެވެ. ދިވެހި މަހުގެ އުފެއްދުންތަކަށް ހަމަ އަގު 12 އަހަރަށް ފަހު އަނެއްކާވެސް ލިބެން ފަށާނެއެވެ.





