މާލޭ އުތުުރު ފަރާތުުގައި ހިންގާ ބޮޑުުތަކުުރުުފާނުުމަގުުގެ ބާކީ ހުރި ތަރައްގީގެ މަސައްކަތްތައް މިމަހުގެ 21 ވަނަ ދުވަހު ފެށުުމަށް ތާވަލުުކޮށްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަން ހިމެނޭ ސަރަހައްދު ތަރައްގީ ކުުރުުމުުގެ މަސައްކަތް ތިން މަރުހަލާއަކަށް ބަހާލައިގެން ކުުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
ފުރަތަމަ މަރުހަލާގައި، ހެންވޭރު ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް ހިމެނޭ ސަރަހައްދުުގެ މަސައްކަތް މިމަހުުގެ 21 ވަނަ ދުވަހު ފަށާނެއެވެ. ދެވަނަ މަރުހަލާގައި، މަސްވެރިންގެ ޕާކުން ފެށިގެން 5 ނަންބަރު ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދުުގެ މަސައްކަތް މިމަހުގެ 30 ވަނަ ދުވަހު ފަށާނެއެވެ.
ތިންވަނަ މަރުހަލާގައި، 5 ނަންބަރު ފާލަމުުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދުުގެ މަސައްކަތް އަންނަ އެޕްރީލް މަހުގެ 17 ވަނަ ދުވަހު ފެށޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ކޮންމެ ސަރަހައްދެއްގެ މަސައްކަތް ކުުރިއަށްދާ ވަގުުތު، ކަމާ ގުުޅޭ ސަރަހައްދުުގެ ހުުރަސްތޮއްޓާއި އެއްގަމުުތޮށީގައި އެއްވެސް އުުޅަނދެއް ބޭއްވުުމާ ދާއިމީ ގޮތުުން އަޅާފައި ބޭއްވުން ވަނީ މަނާ ކޮށްފައެވެ. ސިޓީ ކައުންސިލުން ވަނީ ރައްޔިތުންގެ ފަރާތުން ފުުރިހަމަ އެއްބާރުުލުުން ދިނުުމަށް އެދިފައެވެ.





