މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ތެޔޮ ލިބޭނެ އިތުރު ގޮތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މެދުއިރުމަތީގެ ހާލަތާ ގުޅިގެން އެކުލަވާލެއްވި ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ތެޔޮ ގެންނަ ސަރަހައްދުގެ ހާލަތު ގޯސްވެފައިވާތީ ވަކި ގައުމަކަށް ބަރޯސާ ނުވެ، ތެޔޮ ހޯދުުން ޑައިވާސިފައިކުރުުމަށް ގިނަ ގައުުމުތަކާ ވާހަކަ ދައްކަމުުންދާ ކަމަށެވެ. ހާއްސަކޮށް އަވަށްޓެރި ގައުުމުތަކުުން ތެޔޮ ހޯދުުމުގެ ދޮރުތައް ހުޅުވާލުމަށް މަސައްކަތް ކުރަމުުންދާ ކަމަށް ވިދާޅުުވި އެވެ.
ހަނގުރާމައިގެ ސަބަބުުން ރާއްޖޭގެ އިގުުތިސާދަށް ކޮށްފާނެ ނޭދެވޭ އަސަރުުތައް ދިރާސާ ކުުރަމުުންދާ ކަމަށާއި، ދަތިކަމެއް ނެތި ކާބޯތަކެތި ލިބޭނެ އިންތިޒާމުުތައް ވެސް ހަރުދަނާ ކުުރަމުުންދާ ކަމަށް މިނިސްޓަރު ޚަލީލް ވިދާޅުުވި އެވެ.





