ދެ އިންތިޚާބު އެއްދުވަހެއްގައި ބާއްވަން ތާއީދު: ގާސިމް

ދެ އިންތިޚާބު އެއްދުވަހެއްގައި ބާއްވަން ތާއީދު: ގާސިމް

ދިވެހިރާއްޖޭގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމަށް ބޭއްވުން ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވެ، ރިޔާސީ އިންތިޚާބާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު އެއްދުވަހެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތާއީދު ކުރައްވައިފިއެވެ.

2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ކަންހިނގި ގޮތަށް ބަލާއިރު، ވެރިކަމަށް އަންނަ ކޮންމެ ސަރުކާރަކުންވެސް، ވެރިކަމުގެ ފުރަތަމަ ހަ މަސް ދުވަސް ހޭދަކުރަނީ މަޖިލިސް މެޖޯރިޓީ ހޯދުމަށް ކަމަށް ގާސިމް ވިދާޅުވިއެވެ.

2019 ވަނަ އަހަރާއި 2023 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބުތަކުގައި ވެރިކަން ހިންގާ ޕާޓީތަކަށް ހަތަރުބައިކުޅަ ތިންބައި ގޮނޑި ލިބިފައިވާ ކަން ގާސިމް ފާހަގަ ކުރެއްވިއެވެ.

ދެ އިންތިޚާބު ވަކިން ބޭއްވުމުން، ކުރީ ސަރުކާރުގެ ތާއީދު ލިބޭ ފަރާތްތަކުން، އާ ސަރުކާރަށް ޖެއްސުންކޮށް، ބަޖެޓް ހާވިޔާކޮށް، ރައީސްގެ އިތުބާރު ނެތްކަމަށް ވޯޓު ނަގަން ވެސް ބައެއް ފަހަރު މަސައްކަތްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ޓެކްސް ފައިސާ 120 މިލިއަން ރުފިޔާއަށް ވުރެ ގިނައިން ސަލާމަތްކުރެވޭ ކަމަށާއި، ސިޔާސީ ކޯޅުންތަކާ ކަރަޕްޝަންގެ ތުހުމަތުތައް ވެސް ކުޑަވެގެންދާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނީ އިސްލާހު ތަސްދީޤުވާނީ، ރައްޔިތުންގެ ތާއީދު ލިބިގެންކަން ފާހަގަ ކުރައްވަމުން ގާސިމް ގޮވާލެއްވީ، އަންނަ އެޕްރީލް މަހު ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ބޭއްވޭ "ފެންނަ ނުފެންނަ" ވޯޓުގައި، ރައްޔިތުން "ފެންނަ" ކަމަށް ވޯޓު ދެއްވުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *