ފޯޅަވަހީގެ މިލްކުވެރިކަމާ ގުޅިގެން ކުުރިމަތިވި ދެބަސްވުުމުގައި، މޮރިޝަސްއިން ދިވެހިރާއްޖެއާ ސިޔާސީ ގުުޅުުން ކަނޑާލި ނަމަވެސް، ފޯޅަވަހީގެ މައްސަލައިގައި ރާއްޖެ ފަހަތަށް ޖެހޭކަށް ނުުޖެހޭ ކަމަށް ކުުރީގެ ރައީސް މުުހައްމަދު ނަޝީދު ވިދާޅުުވެއްޖެއެވެ.
ރޭ ކުުރެއްވި އެކްސް ޕޯސްޓެއްގައި ނަޝީދު ވިދާޅުުވީ، މޮރިޝަސްއިން ގުުޅުުން ކަނޑާލި ނިންމުުމާ ގުޅިގެން ވަރަށް ކަންބޮޑުުވާ ކަމަށެވެ. ދެ ގައުުމުުން ވާހަކަ ދައްކައިގެން ސުުލްހަވެރި ހައްލެއް ގެނެވޭނެ ކަމަށް އުުއްމީދު ކުުރައްވާ ކަމަށް ވެސް ވިދާޅުުވިއެވެ. ފަހުުން، ފަތުުރުވެރިކަމުގެ ދާއިރާގެ ބޭފުޅުުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި ނަޝީދު ވިދާޅުުވީ، "މޮރިޝަސްއާ ވާހަކަ ދައްކަންޖެހޭ، ނަމަވެސް ރާއްޖެ ފަހަތަށް ޖެހޭކަށް ނުުޖެހޭ" ކަމަށެވެ.
ދިވެހި ސަރުުކާރުުން ބުުނަމުން ދަނީ ފޯޅަވަހި ހައްގުވަނީ ރާއްޖެއަށް ކަމަށެވެ. ރައީސް ޑރ. މުުހައްމަދު މުުއިއްޒު ވެރިކަމަށް ވަޑައިގަތީވެސް، އިޓްލޮސްއިން ކަނޑައަޅައި ރާއްޖެއަށް ގެއްލުުނު 200 ނޯޓިކަލް މޭލު ހޯދާނެ ކަމުގެ ވައުދާއެކުގައެވެ. މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވަނީ، ގެއްލުުނު ކަނޑުުގެ ސަރަހައްދު ދިވެހި ސިފައިން ހިމާޔަތް ކުުރާނެ ކަމަށް ވިދާޅުުވެފައެވެ.
ނަޝީދު ކުުރިންވެސް ވިދާޅުުވެފައިވަނީ، ފޯޅަވަހީގެ ސިޔާދަތީ ބާރު ރާއްޖެއަށް ލިބުުމުގެ ފުުރުުސަތު ހަގީގީ ގޮތެއްގައި ލިބިފައިވާ ކަމަށެވެ. އިންގިރޭސިވިލާތުުން ބުުނަނީ، ފޯޅަވަހީގެ މައްސަލައަކީ ހަމައެކަނި ބްރިޓަން އާ މޮރިޝަސްއާ ދެ ގައުުމުގެ ދެ ތެރޭ ގުުޅުން ހުރި މައްސަލައެއް ކަމަށެވެ.





