ބޮލީވުޑްގެ ސްޕަސްޓާ ސަލްމާން ހާނާއި އޭނާގެ އާއިލާއަށް ނިިސްބަތްކޮށް، ދެއްކި ވާހަކަތަކަކާ ގުޅިގެން ފިލްމު ޑައިރެކްޓަރު އަބީނާވް ކަޝްޔަޕްގެ މައްޗަށް 90 މިލިޔަން ރުފީސްގެ ދައުވާއެއް ކޮށްފިއެވެ.
އެއީ ސަލްމާން ހާނާއި އޭނާގެ އާއިލާއާ ދެކޮޅަށް އަބީނާވް ދެއްކި ވާހަކަތަކާ ގުޅިގެން އަބުރުގެ ބަދަލު ނަގައި ދިނުމަށް އެދި ކުރި ދައުވާއެކެވެ.
އެއްވެސް ޝަރުތަކާ ނުލައި އަބީނާވް މައާފަށް އެދުމަށްވެސް ސަލްމާންގެ ދައުވާގައި ވަނީ އެދިފައެވެ.
މި މައްސަލައަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި ޑިސެމްބަރުމަހާ ދެމެދު، ސަލްމާން ހާނާއި އޭނާގެ އާއިލާއާ ބެހޭގޮތުން އަބީނާވް އާންމު ކޮށްފައިވާ 26 ވީޑިއޯ އިންޓަވިއުއަކާއި ޕޮޑްކާސްޓް ތަކެއްގައި ދައްކާފައިވާ ވާހަކަތަކަކާ ގުޅިގެން ކުރި ދައުވާ އެކެވެ.
މި މައްސަލައިގައި އަބީނާވްގެ އިތުރުން، އޭނާއާ އިންޓަވިއު ކުރި، ހުޝްބޫ ހަޒާރޭ އާއި ބައެއް މީސްމީޑިއާ ޕްލެޓްފޯމްތައްވެސް ވަނީ ދައުވާލިބޭ ފަރާތްތަކުގެ ގޮތުގައި ހިމަނާފައެވެ.
މި އިންޓަވިއު ތަކުގައި ސަލްމާން ހާނަކީ ގޭންގ ސްޓާރެއް ކަަމަށާއި، އެއްވެސް އެއްޗެއް އެނގޭ މީހެއްނޫން ކަަމަށާއި، ހާންގެ ބައްޕައާކު އެ އާއިލާގައި ހިމެނޭ އެންމެންނަކީ ކުށްވެރި ވެފައިވާ މުޖުރިމުން ކަމަށްވަނީ ބުނެފައެވެ.
މީގެއިތުރުން، ހާންގެ ބޭރުފުށުގެ ސިފައަށާއި، އުމުރަށާއި، އަމިއްލަ ދިރިއުޅުމަށް އަމާޒުކޮށް އަމީނާވް ބޭއަދަބީ ބަސްތައް ވަނީ ބޭނުން ކޮށްފައެވެ. ނަމަވެސް އަބީނާވް އަކީ ސަލްމާންގެ އެންމެ ކާމިޔާބު އެއްފިލްމް ދަބަންގްގެ ޑައިރެކްޓަރެވެ.
ބައެއް މީޑިއާ ތަކުން ބުނެފައިވަނީ މި މައްސަލަ ޖެހުނީ އެ ފިލްމާ ގުޅިގެން އަބީނާވް ބޭނުންވި ކްރެޑިޓް އޭނާއަށް ނުދިނުމުންނެވެ.




