ޗެކް ބައުންސްވި މައްސަލައެއްގައި މަޝްހޫރު ކޮމޭޑިއަން ރާޖްޕާލް ޔާދަވް ޖަަލަށް ލައިފިއެވެ.
މި މައްސަލައަކީ 2018 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ހިނގި މައްސަލައެކެވެ.
މި މައްސަލައާ ގުޅިގެން މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް، 2019 ވަނަ އަހަރު ސެޝަންސް ކޯޓުން ދެމެހެއްޓުމާ ގުޅިގެން، ޔާދަވްގެ ފަރާތުން އޮތީ ރިވިއުއަށް ހުށަހަޅައިފައެވެ. އެއީ މިދިޔަ ބުރާސް ފަތި ދުވަހު އަމިއްލައަށް ޖަލާ ހަވާލު ވުމަށް މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް އޭނާއަށް މުއްދަތު ދީފައި ވަނިކޮށެވެ.
އެ މުއްދަ ހަމަވާން އެއްދުވަސް އޮއްވައި، ބުދަ ދުވަހު ޔާދަވްގެ ފަރާތުން މުއްދަރު އިތުރު ކޮށްދިނުމަށް ދިއްލީ ހައިކޯޓަށް މައްސަލަވެސް ހުށަހެޅިއެވެ. ނަމަވެސް ދިއްލީ ހައިކޯޓުން އެ މައްސަލަ ބޭރުކޮށްލީއެވެ.
އެކަމާ ގުޅިގެން ބުރާސްފަތި ދުވަހު އޭނާވަނީ ތިހާރު ޖަލާ އަމިއްލައަށް ހަވާލުވެފައެވެ.




