މާލެ ސިޓީގެ 12 ތަނަކުން ރޯދަ މަސްދަޅު މިރޭ ބަހަން ފަށަނީ

މާލެ ސިޓީގެ 12 ތަނަކުން ރޯދަ މަސްދަޅު މިރޭ ބަހަން ފަށަނީ

ކުރިއަށް އޮތް ރޯދަމަހުގެ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސް ދަޅުކޭސް މާލޭ ސިޓީގެ ގޭބިސީ ތަކަށް 12 ތަނަކުން މިރޭ ބަހަން ފަށާގޮތަށް ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އިން ބުނީ، މިރެއިން ފެށިގެން މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވާ ތަންތަނަށް މަސްދަޅު ކޭސްތައް ގެންދިއުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.

މިރެއިން ފެށިގެން ކޮންމެ ރެއެއްގެ 8:00 ން ފެށިގެން 300 ޓޯކަން ނިމެންދެން ކޮންމެ ރެއަކު މަސްދަޅުކޭސް ދޫކުރާނެކަމަށްވެސް އެމިނިސްޓްރީން ވަނީ ބުނެފައެވެ. މިނިސްޓްރީން މަސައްކަތް ކުރަމުން ދަނީ ރަމަޞާން މަސް ފެށުމުގެ ކުރިން މާލެ އާއި އަތޮޅުތެރޭގެ ހުރިހާ ގޭބިސީ އަކަށްވެސް މަސް ދަޅުކޭސް ބަހައި ންމާލުމަށް ކަމަށެވެ.

  • މާލޭގައި މަސް ދަޅުކޭސް ބަހާ ތަންތަން:

މިފްކޯ މަރުކަޒު

ސޯޝަލް ސެންޓަރު

އެމްޓީސީސީ ޝޯމިލު

ހެންވޭރު ބޯޅަ ދަނޑު

ގަލޮޅު ބޯޅަ ދަނޑު

  • ހުޅުމާލެ ފޭސް 1 ގައި މަސް ދަޅުކޭސް ބަހާ ތަންތަން:

އުމަރު ޒާހިރު ބިލްޑިންގް

ޕޮލްކޯޓަވަރ

މުހައްމަދު ގާސިމް ޕްރީ ސްކޫލް

  • ހުޅުމާލެ ފޭސް 2ގައި މަސް ދަޅުކޭސް ބަހާ ތަންތަން:

ކާމިލުދީދީ ސްކޫލް

ހިޔާޓަވަރު 10

އެމްޕީއެލް ޓަވަރު ޕީ

  • ވިލިމާލޭގައި މަސް ދަޅުކޭސް ބަހާ ތަންތަން:

ވެމްކޯ ސައިޓު

ރޯދަމަހަށް ޚާއްޞަކޮށްގެން ގޭބިސީތަކަށް ބަހަނީ 48 ދަޅުގެ މަސްދަޅު ކޭހެވެ. ރޯދަ މަސް ފެށުމުގެ ކުރިން މަސްދަޅު ކޭސްތައް ބަހައި ނިމޭނެ ކަމަށް ސަރުކާރު ވަނީ ވިދާޅުވެފައެވެ. މީލާދީ ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ މަހުގެ 18 ވަނަ ދުވަހެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *