މީޑިއާ ތަކަށްދޭ މާލީ އެހީ 41 މީޑިއާއަކަށް ދޫކުރަނީ

މީޑިއާ ތަކަށްދޭ މާލީ އެހީ 41 މީޑިއާއަކަށް ދޫކުރަނީ

ދައުލަތުގެ ބަޖެޓުން މީޑިއާ ތަކަށް ދޭން ނިންމާފައިވާ މާލީއެހީ 41 މީޑިއާއަކަށް ދޭން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފިއެވެ.

ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، މީޑިއާ ތަކަށް މާލީ އެހީދިނުމަށް ނިންމައި، އެކަމަށް ކުރިމަތިލާން ހުޅުވާލުމުން 57 މީޑިއާކުން ކުރިމަތިލި ކަމަށެވެ. އޭގެތެރެއިން ޝަރުތު ހަމަވީ 41 މީޑިއާ ކަމަށްވެސް ކޮމިޝަނުން ވަނީ ބުނެފައެވެ.

މީޑިއާ ކޮމިޝަނުން ބުނި ގޮތުގައި ޝަރުތު ހަމަވީ 41 މީޑިއާ ޕޯޓަލުން މިހާރު ފެންނަން ހުންނާނެ ކަމަށެވެ.

މީޑިއާ ކޮމިޝަނުން، މީޑީއާ ތަކުގެ މާލީ އެހީ ދޫކުރަން ނިންމީ ކުރިން އެ ފައިސާ ދޫކުރުން ޔޫތް މިނިސްޓްރީގެ ދަށުގައި އޮވެ، ފައިސާ ދޫކުރާނެ މީޑިއާތަކާއި އަދަދުވެސް ހާމަކުރިފަހުން މީޑިއާ ތަކުން އެކަމާމެދު ކަންބޮޑުވުން ފާޅު ކުރުމުން އޭރުގެ ނިންމުން ބާތިލު ކުރުމަށްފަހުއެވެ. ފަހުން އެކަން ގެންދިޔައީ މީޑިއާ ކޮމިޝަނުންނެވެ. ނަމަވެސް ޔޫތް މިނިސްޓްރީ އާއިވެސް ގުޅިގެންނެވެ.

ކޮމިޝަނުން ބުނީ، މީޑިއާތަކަށް ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ ނުވަތަ 27.9 މިލިއަން ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، އެ ފައިސާ ދޫކުރާނީ އެއް ޕޭމަންޓެއްގެ ގޮތުގައި ކަމަށެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *