ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭގޮތް ހަދަނީ، ތިރީ ބުރީގައި ޕާކު ކުރެވޭނެ ގޮތް އޮތުން މަޖުބޫރު

ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭގޮތް ހަދަނީ، ތިރީ ބުރީގައި ޕާކު ކުރެވޭނެ ގޮތް އޮތުން މަޖުބޫރު

ހުޅުމާލޭގެ ދެ ފިޔަވަހި ހިމެނޭހެން ގޯތީގައި ޢިމާރާތްކުރެވޭ އުސްމިން ދިހަބުރިއަށް ބަދަލު ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލޭ ފޭސް 1 ގައި ދިރިއުޅުއްވަމުން ގެންދަވާ ރައްޔިތުންނާއެކު، ރެހެންދި ސްކޫލު ހޯލުގައި ރޭ ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުވުމުގައެވެ.

މިކަމުގެ ތަފުސީލްދެއްވައި ވާހަކަފުޅު ދައްކަވަމުން، ޕާކިންގ މައްސަލައަކީ ވަރަށްބޮޑު މައްސަލައެއް ކަމަށާއި އެހެންކަމުން 10 ބުރިއަށް ޢިމާރާތް ނަގާކަމުގައި ވަނީނަމަ، ތިރީފްލޯގައި ޕާކިންގ ގާއިމު ކުރުމަކީ މަޖުބޫރު ކަމެއް ކަމުގައި ހައްދަވާނެ ކަމުގައި ވިދާޅުވިއެވެ.

އެގޮތުން އެގޭގައި ދިރިއުޅޭ ރައްޔިތުންގެ ޕާކިންގއަށް އެންމެ ތިރީފްލޯ ޚާއްޞަ ކުރެވި، މީގެއިތުރުން އެއްފްލޯ ނޮން-ރެޒިޑެންޝަލް ޔޫސްއަށް ބޭނުން ކުރަން ޝަރުތު ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އެއީ ކޮމާޝަލްވިޔަސް، ދިރިއުޅުން ނޫން ކޮންމެވެސް ބޭނުމަކަށް، އާމްދަނީ ހޯދޭނެ އެހެން ބޭނުމަކަށް އެ ފްލޯ ކަނޑައަޅަން ޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ގޯތިތަކުގައި ދިހަބުރިއަށް ޢިމާރާތް ކުރެވޭގޮތަށް ގަވާއިދަށް ގެންނަންޖެހޭ ބަދަލު ގެނެސް އެ ފުރުސަތު ދެ ފިޔަވަހީގެ ރައްޔިތުންނަށްވެސް ލިބިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *