ކޮމިޑީގެ ދެ ލެޖެންޑުން ކަމަށްވާ، އާސްރާނީ އާއި ސަތީޝް ޝާހް އގާތްގާތުގައި މަރުވުމާ ގުޅިގެން ބޮލީވުޑްގެ ފަންނާނުންނަށް ވަރަށް ބޮޑު ޝޮކެއް ލިބިއްޖެއެވެ.
މީގެ ތެރެއިން އާސްރާނީ މަރުވީ މިދިޔަ އަންގާރަ ދުވަހުއެވެ. އުމުރުން 84 އަހަރުގައި އޭނާ މަރުވިއިރު، 50 އަހަރަށްވުރެ ދިގު މުއްދަތެއް އޭނާވަނީ ބޮލީވުޑަށް ހަނދާކޮށް ހިދުމަތް ކޮށްފައެވެ.
އަސްރާނީ އެންމެ ބޮޑަށް މަޝްހޫރުވީ 1975 ވަނަ އަހަރު ނެރުނު "ޝޯލޭ" ގައި ކުޅުނު "އިނގެރެސީންގެ ޒަމާނުގެ ޖެއިލަރު" ގެ ރޯލުންނެވެ. އެ ރޯލަކީ މިއަދާ ހަމައަށްވެސް ބެލުންތެރިންގެ ހިނިތުންވުން ގެނުވައިދޭ މަޝްހޫރު ކެރެކްޓަރެކެވެ. އެއަށްފަހު އެތައް ފިލްމެއްގައި އޭނާ ވަނީ ހެއްވާބައި އަދާކޮށް އެތައް ބަޔަކަށް ހިނިތުންވުން ގެނުވައިފައެވެ.
އާސްރާނީއަށްފަހު ކޮމޭޑިއަން ސަތީޝް ޝާހް އިއްޔެ ވަނީ މަރުވެފައެވެ. އޭނާ މަރުވީކިޑްނީ ފެއިލްވެގެންނެވެ.
ހިންދީ ޑްރާމާތަކާއި ފިލްމު ތަކުގައިވެސް މަސައްކަތް ކޮށްފައިވާ ސަތީޝް މަރުވީ އުމުރުން 74 އަހަރުގައި އޭނާގެ ދެ ކިޑްނީ ފެއިލްވެގެންނެވެ. ސަތީޝްގެ މަރުގެ ހަބަރު މީޑިއާއަށް ދިނީ އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ އަދި ފިލްމު އުފެއްދުންތެރިޔާ އަޝޯކް ޕަންޑިތެވެ.
އިންޑިއާގެ ގުޖުރާތަށް އުފަން ސަތީޝް އޭނާގެ އެކްޓިން ކެރިއަރު ފެށީ ހަތްދިހައިގެ އަހަރުތަކުގަ އެވެ. އެކަމަކު، އޭނާ މަޝްހޫރުވީ 1984 ވަނަ އަހަރު ގެނެސްދިން އިންޑިއާގެ ސިޓްކޮމް "ޔޭ ޖޯ ހޭ ޒިންދަގީ" އިންނެވެ. އެ ސިޓްކޮމްގައި އޭނާ ވަނީ 55 ކެރެކްޓާއެއް ކުޅެފަ އެވެ.
90 ގެ އަހަރުތަކުގައިވެސް އެކި ޑްރާމާ ތަކުން ފެނުނު ސަތީޝް 2004 އިން 2006 އަށް ކުޅުނު ސިޓްކޮމް "ސަރާބައި ވާސަސް ސަރާބައި" އަކީ ވެސް އޭރު ވަރަށް މަޝްހޫރު ސިލްސިލާއެކެވެ.
ސަތީޝް ވަނީ ބޮލީވުޑްގެ މަޝްހޫރު ފިލްމުތައް ކަމަށްވާ "ދިލް ވާލޭ ދުލްހަނިޔާ ލޭ ޖައިގީ" އާއި "ހަމް އާޕްކޭ ހޭ ކޯން" އާއި "ހީރޯ ނަންބަރު ވަން" އާއި "މެއި ހޫ ނާ" އަދި "ފަނާ" ކަހަލަ ފިލްމުތަކުގައި ސަޕޯޓިން ރޯލުތައް ކުޅެފަ އެވެ. އޭނާ އެންމެފަހުން ކުޅުނު ފިލްމަކީ 2014 ވަނަ އަހަރު ގެނެސްދިން ކޮމެޑީ ފިލްމު "ސަމްޝަކަލްސް" އެވެ.
ސަތީޝް މަރުވި އިރު އޭނާގެ އަންބަކު ހުރެ އެވެ. އެކަމަކު، އެ ދެމަފިރިންގެ ކުއްޖަކު ނުހުރެ އެވެ.






