މަޝްރޫއުތައް ބިޑުނުކޮށް ބޭނުން ބަޔަކަށް ދެވޭ ގޮތަށް މާލިއްޔަތު ގަވައިދު ބަދަލުކޮށްފި

މަޝްރޫއުތައް ބިޑުނުކޮށް ބޭނުން ބަޔަކަށް ދެވޭ ގޮތަށް މާލިއްޔަތު ގަވައިދު ބަދަލުކޮށްފި

މާލިއްޔަތު ގަވައިދަށް ބަދަލު ގެނެސް އިއްޔެ ގެޒެޓު ކުރިއިރު ގެނައި އެންމެ ބޮޑު ބަދަލަކީ ސިންގަލް ސޯސް ޕްރޮކިއުމެންޓް ނުވަތަ ބިޑްކުރުމަކާ ނުލާ ސީދާ ވަކި ފަރާތަކަށް ހިދުމަތް ހޯދުމާގުޅޭ ގަވައިދަށް ގެނައި ބަދަލެވެ.

އެ ގަވައިދުގެ 10.20 މާއްދާގައި ބުނެފައިވަނީީ އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކޮށްދޭ ބާވަތްތަކުގެ މަޝްރޫއުތަކާއި ސަލާމަތީ ހިދުމަތްތަކަށް ހާއްސަ މަޝްރޫއުތައް މި އުސޫލުން ދެވިދާނެ ކަމަށެވެ

ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން މިފަދަ މަޝްރޫއުތައް ދެވޭނީ ކެބިނެޓުން ނުވަތަ ކެބިނެޓުން ކަނޑައަޅާ ކޮމިޓިއަކުން އެގޮތަށް ނިންމުމުން ކަމަށް ބުނެފައިވެ އެވެ.

މީގެ ކުރިން އެ ގަވައިދުގައި އޮންނަ ގޮތުން ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ޕްރޮޖެކްޓުތައް ދެވޭނީ ވާދަވެރި ބީލަކަށް ވަގުތު ނެތް, ނުވަތަ އަގުގެ ގޮތުން ވާދަވެރި ނުވެދާނެ ކަމަށް ފެންނަ ހާލަތްތަކުގައި ކުރުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *