ފެނަކަ ކޮރަޕްޝަނަށް ފިޔަވަޅު އެޅުން އަވަސް ކުރަން މަޖިލީހަށް ގަރާރެއް

ފެނަކަ ކޮރަޕްޝަނަށް ފިޔަވަޅު އެޅުން އަވަސް ކުރަން މަޖިލީހަށް ގަރާރެއް

އޮޑިޓާ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅު އެޅުން އަވަސް ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅަން ހަމަޖެހިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ފެށުމުގެ ގޮތުން މިއަދު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހެޅުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

އެ ގަރާރު ހުށަހަޅުއްވަނީ، މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒެވެ.

ގަރާރުގެގެ އިތުރުން މިއަދުގެ ޖަލްސާގައި، ބޭރު ގައުމުތަކަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުން ހަމަޖެއްސެވުމަށާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހަތަރު މެންބަރުން އައްޔަން ކުރެއްވުމަށާއި، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ މެންބަރުން އައްޔަން ކުރެއްވުމަށާއި، ހިޔުމަންރައިޓްސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަ މައްސަލަ ދިރާސާކުރުމަށް އެ މައްސަލައަކާގުޅޭ ކޮމިޓީއަކަށް ފޮނުވަން ވަނީ އެޖެންޑާ ކޮށްފައެވެ.

މީގެ އިތުރުން "އިންސްޓްރުމަންޓް ފޯ ދަ އެކްސެޕްޓެންސް އޮފް ދަ 1986 ކޮންސްޓިޓިއުޝަނަލް އެމެންޑްމަންޓް" ރާއްޖެއިން ބަލައިގަނެ ތަސްދީގު ކުރުމާމެދ،ު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާމައްސަލަ ދިރާސަކުރުމަށް ކަމާބެހޭ ކޮމިޓީއަށް ފޮނުވުމަށްވެސް ވަނީ އެޖެންޑާކޮށްފައެވެ.

މަޖިލީހަށް ތައާރަފްކުރާ ބިލްގެ ގޮތުގައި، އިދިކޮޅު އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް ހުށަހަޅުއްވާފައިވާ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ވަނީ އެޖެންޑާ ކޮށްފައެވެ.

މީގެ އިތުރުން ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ހަނާން އަހްމަދު ރަޝީދު ހުށަހަޅުއްވާފައިވާ ރީ-އެމްޕްލޯއިމަންޓްބިލް، އެޖެންޑާ ކޮށްފައިވާއިރު، އެ ބިލާއެކު ފެނަކައިގެ ކޮރަޕްޝަނާބެހޭ ގަރާރުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަން ވަނީ އެޖެންޑާކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *