ޝާހިދު ހިމެނޭހެން ބޭރު ގައުމުތަކުގެ ސަފީރުންނާ ބައްދަލު ކުރަން އެމްޑީޕީގެ ވަފްދެއް ކޮޅުނބުގައި

ޝާހިދު ހިމެނޭހެން ބޭރު ގައުމުތަކުގެ ސަފީރުންނާ ބައްދަލު ކުރަން އެމްޑީޕީގެ ވަފްދެއް ކޮޅުނބުގައި

އަވައްޓެރި ސްރީލަންކާގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާ ބައްދަލު ކުރުމަށް އެމްޑީޕީގެ ވަފްދެއް އެ ގައުމަށް ހިނގައްޖެއެވެ.

ކޮޅުނބުގައި ތިއްބަވާ ޔޫރަޕްގެ ގައުމުތަކުގެ ސަފީރުންނާ ބައްދަލު ކުރެއްވުމަށް ވަޑައިގެންނެވި އެމްޑީޕީގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގެ ވަފްދުގައި، އެ ޕާޓީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރުކަމާއި އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ޚާރިޖީ ދާއިރާގައި މިވަގުތު ރާއްޖޭގައި ހުންނެވި އެންމެ ތަޖުރިބާކާރު ފަރާތް ކަމަށްވާ އަބްދުﷲ ޝާހިދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޝާހިދުގެ އިތުރުންވެސް އެމްޑީޕީގެ ވަފްދުގައި އެ ޕާޓީގެ ޗެއާރާސަން ފައްޔާޒް އިސްމާއީލާއި، ޚާރިޖީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންވެސް ހިމެނެއެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މީކާއީލް ނަސީމާއި، މަޖިލީހުގެ ކުރީގެ މެމްބަރު އަނދުން ޙުސައިންވެސް ހިމެނިވަޑައިގަންނަވައެވެ.

އެމްޑީޕީގެ ވަދުދުން ވަނީ ކޮޅުގައި ތިއްބަވާ ޔޫރަޕްގެ ގައުމުތަކުގެ ސަފީރުންނާ ބައްދަލު ކުރައްވައި، ރާއްޖޭގެ ސިޔާސީ މަސްރަޙާބެހޭ މައުލޫމާތު ހިއްސާ ކޮށްފައެވެ. އެގޮތުން ރާއްޖޭގެ ސިޔާސީ މަސްރަޙް ގޯސްވަމުންދާތީ އެކަމުގެ މައުލޫމާތު ސަފީރުންނާ ޙިއްސާ ކުރެއްވިއެވެ. އަދި ޑިމޮކްރަސީގެ ދިފާއުގައި ބައިނަލްއަގްވާމީ އެއްބައިވަންތަކަމަށް އެމްޑީޕީގެ ވަފްދުން ވަނީ ސަފީރުންގެ އަރިހުގައި އެދިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *