އެންމެ ފަހުން ޝަހީދުގެ ނަން އަނބުރާ ގެންދަން އޭނާ އަމިއްލައަށް ހުށަހަޅައިފި

އެންމެ ފަހުން ޝަހީދުގެ ނަން އަނބުރާ ގެންދަން އޭނާ އަމިއްލައަށް ހުށަހަޅައިފި

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ނިންމި، މި ސަރުކާރުގެ ސިޔާސީ އިސް މަގާމެއްވެސް އަދާކުރެއްވި މުހައްމަދު ޝަހީދު އޭނާގެ ނަން އަނބުރާ ގެންދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.

މި ސަރުކާރުގެ ހޯމްލޭންޑް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އަދާކުރި ޝަހީދު ހައި ކޯޓުގެ ފަނޑިޔާރަކަށް އައްޔަނު ކުރަން ޖޭއެސްސީން ނިންމީ މިދިޔަ ހަފްތާގަ އެވެ.

އެހެން ނަމަވެސް ޝަހީދު އައްޔަން ކުރުން ހުއްޓުވަން ވަގުތީ އަމުރަކަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ވަނީ ވައްދާފަ އެވެ. އަހުމަދު ނައުޝާދު ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ ޝަހީދަކީ ފަނޑިޔާރެއްގެ މަގާމަށް ޝަރުތު ފުރިހަމަނުވާ މީހެއްކަން ކަނޑައަޅައި ދިނުމަށެވެ.

އަދި ސިވިލް ކޯޓުން އެ މައްސަލަ ބަލައިގަނެފައިވާއިރު، ނަން ނަގައި ދިނުމަށް އެދި ޝަހީދު، ޖޭއެސްސީއަށް ސިޓީއެއް ފޮނުވާފައިވާކަން ވަނީ އެނގިފަ އެވެ.

އަދި ނަން އަނބުރާ ނަގަން އެދިވަޑައިގެންނެވީ ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު އާންމުންގެ ހިތުގައި ސުވާލު އުފައްދަން ޖާގަ ނުދިނުމުގެ ގޮތުން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *