އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު، އެމެރިކާއަށް ވަޑައިގަންނަވަން އޮތް ރަސްމީ ބައްދަލުވުމަކަށް ވިސާ ނުދީ އެމެރިކާއިން ހިފަހައްޓައިފިއެވެ.
މިނިސްޓަރ ޝަހީމް އެމެރިކާއަށް ކުރައްވަން އޮތް ދަތުރުފުޅަކީ، އިޒްރޭލާއި ފަލަސްތީނުގެ މެދުގައި މިހާރު ކުރިއަށްދާ ހަނގުރާމައިގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ބާއްވާން ހަމަޖެހިފައިވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމަކީ ގައުމު ތަކުގެ އެންމެ މަތީ ފެންވަރުގެ ބޭފުޅުން ބައިވެރިވާން އޮތް ބައްދަލުވުމެކެވެ. އެއީ "ހައި-ލެވަލް އިންޓަނޭޝަނަލް ކޮންފަރެންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލިއުޝަން" ބައްދަލުވުމެވެ.
މިނިސްޓަރ ޝަހީމަށް އެމެރިކާއިން ވިސާ ނުދީ ހިފެހެއްޓީ ކޮން ސަބަބަކާއި ހުރެކަމެއް ސާފެއް ނުވެއެވެ. ޝަހީމަށް ވިސާ ނުލިބުމުން އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވާނީ ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ.