މަރުގެ ތުހުމަތު ތަކެއްކޮށް، ސަލްމާން އާއި ބިގްބޮސް ބޮއިކޮޓް ކުރަން ތަންނުޝްރީ ގޮވާލައިފި

މަރުގެ ތުހުމަތު ތަކެއްކޮށް، ސަލްމާން އާއި ބިގްބޮސް ބޮއިކޮޓް ކުރަން ތަންނުޝްރީ ގޮވާލައިފި

މަޝްހޫރު ރިޔަލިޓީޝޯ، ބިގް ބޮސް އާއި އެ ޝޯ ހުށަހަޅައިދޭ މަޝްހޫރު ސުޕަސްޓާ ސަލްމާންހާން ބޮއިކޮޓް ކުރުމަށް ބަތޮލާ ތައްނުޝްރީ ދައްތާ ގޮވާލައިފިއެވެ.

ސަލްމާނަށް މަރުގެ ތުހުމަތުތަކެއްކޮށް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ތައްނުޝްރީ ބުނެފައި ވަނީ، ބިގްބޮސްގައި މީގެކުރިން ބައިވެރިވި ސިއްދާންތު ޝުކުލާގެ މަރާއި ސަލްމާނާ ގުޅުން އޮތް ކަމަށެވެ.  ކުއްލި ގޮތަކަށް ސިއްދާނތު މަރުވީ ހާޓްއެޓޭކެއް ޖެހިގެންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭނާ މަރުވީ ސަލްމާގެ ބަދަލުގައި ބިގްބޮސް ހުށަހަޅައިދޭނީ އޭނާކަމަށް ވާހަކަތައް ދެކެވެމުން ދަނިކޮށެވެ.   ތައްނުޝްރީ ބުނެފައިވަނީ ބިގްބޮސް ހުށަހަޅައިދިނުމުގެ އެގްރީމެންޓާބެހެގޮތުން ސިއްދާންތާ މަޝްވަރާ ކުރަމުން ދަނިކޮށް އޭނާމަރުވި މައްސަލައާ ސަލްމާންހާނާ ގުޅުން އޮތް ކަމަށެވެ. އެހެންކަމުން ބިގްބޮސްގެ ހޯސްޓް ބަދަލުކުރުމަށް ނުވަތަ އެ ޝޯ އާއި ސަލްމާންހާން ބޮއިކޮޓް ކުރަންއޭނާ ވަނީ ގޮވާލައިފައެވެ.

ތަންނުޝްރީއަކީ ކުރިން މަޝްހޫރު ފިލްމުތަކެއްގެ ލީޑްރޯލް ކުޅެފައިވާ މަޝްހޫރު އެކްޓްރެއް އެކެެވެ. ނަމަވެސް އޭނާ ފިލްމަކުން ނުފެންނަތާ ގިނަ އަހަރުތަކެއް ވުމަށްފަހު، ސަލްމާންހާން ބޮއިކޮޓް ކުރަން ގޮވައިލި ހިސާބުން ސޯޝަލް މީޑިއާގައި އޭނާގެ ވާހަކަ ވަނީ ވައިގައި ހިފައިފައެވެ. ނަމަވެސް ތަންނުޝްރީގެ ޕޯސްޓް ފަހުން ވަނީ ސޯޝަލް މީޑިއާއިން ޑިލީޓް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *