ހުޅަނގު މޫސުމުގެ ބާރު މާދަމާއިން ފެށިގެނ ކުރިއަށް އޮތް ހަތަރު ދުވަހު ގަދަވެ ބޯކޮށް ވާރޭ ވެހި ރަށްރަށަށް އުދަ އެރުމުގެ ފުރުސަތު އެބައޮތް ކަމަށް މެޓުން ބުނެފި އެވެ.
މެޓުން މިއަދު ބުނީ ކުރިއަށް ހަތަރު ދުވަހު ވައި ބާރުވެ ވިލާގަނޑުގައި އިތުރަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި ކަނޑުތައް ހާއްސަކޮށް ކަނޑު އޮޅިތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ.
މީގެ އިތުރުން މެޓުން ބުނީ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ދިޔަވަރު ބޮޑުވާ ވަގުތުގައި އުދަ އެރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މެޓުން ބުންޏެވެ.
އެހެންވެ ހުރިހާ ފަރާތްތަކުން ވަކިން ހާއްސަކޮށް ދަތުރުކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އިލްތިމާސްކުރާ ކަމަށް މެޓުން ބުންޏެވެ.