ކައުންސިލު އިންތިޚާބު: އެމްޑީއޭއިން ގިނަ ދާއިރާ ތަކަކަށް ވާދަކުރަން ނިންމައިފި

ކައުންސިލު އިންތިޚާބު: އެމްޑީއޭއިން ގިނަ ދާއިރާ ތަކަކަށް ވާދަކުރަން ނިންމައިފި

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަޙްމަދު ސިޔާމް މުޙައްމަދު އިސްވެ ހުންނަވާ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން ގިނަ ދާއިރާތަކަކަށް ވާދަކުރާނެކަން އިއުލާނު ކޮށްފިއެވެ.

އެކަން އިއުލާންކުރީ އެ ޕާޓީގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް  އެވެ. "އެކްސް" ގައި ކުރި ޕޯސްޓެއްގައެވެ.

އައްބާސް ވިދާޅުވީ އެމްޑީއޭގެ ފަރާތުން އިންތިހާބުގައި ވާދަކުރަން ބޭނުންވާ އެޕާޓީގެ ކޮންމެ މެންބަރަކަށްވެސް ފުރުސަތު އޮންނާނެ  ކަމަށެވެ.  އެހެން ކަމުން ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީއޭ އިން އެކި ދާއިރާތަކަށް ވަރަށް އަވަހަށް ދަތުރުތަށް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ އެމްޑީއޭ އަކީ އަބަދުވެސް ރައްޔިތުންނާ ކައިރިން މަސައްކަތް ކުރަމުންދާ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އިސްކޮށް ރައްޔިތުންގެ ހައްގުގައި ބަސްބުނެ ވަކާލާތު ކުރާނެ ހަރުދަނާ ސިޔާސަތެއްގެ މައްޗަށް ހިނގަމުންދާ ސިޔާސީ ޕާޓީއެއް ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން ބުނެފައިވާ ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ނިންމާފައި ވަނީ އަންނަ އަހަރުގެ އޭޕްރީލް މަހު އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *