ބިދޭސީންނަށް މިނިމަމް ވޭޖް ދިނުމާމެދު ގޮތެއް ނިންމަނީ

ބިދޭސީންނަށް މިނިމަމް ވޭޖް ދިނުމާމެދު ގޮތެއް ނިންމަނީ

ބިދޭސީންނަށް މިނިމަން ވޭޖް ދިނުމާ ގުޅޭގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ލޭބާ މިނިސްޓަރު އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލު ތަކަށް ޖަވާބު ދެއްވަމުން ހައިދަރު ވިދާޅުވީ  އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަނާއެކު މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށާއި އެ ރިވިއުގެ ނަތީޖާއަށް ބެލުމަށްފަހު ބިދޭސީންނަށް މިނިމަމް ވޭޖެއް ކަނޑައެޅުމާމެދު ސަރުކާރުން ގޮތެއް ނިންމާނެ ކަމަށެވެ.

"ދެ ފިޔަވައްސެއްގެ ދަށުން މިނިމަމް ވޭޖް ރިވިއު ކުރުމަށް އެބޭފުޅުން ވަނީ ހުށަހަޅުއްވައިފަ. އެގޮތުން ފުރަތަމަ ފިޔަވަހީގައި އެބޭފުޅުން ބައްލަވާނީ، ދަ ރިވިއު އޮފް އިމްޕްލިމެންޓޭޝަން އޮފް މިނިމަމް ވޭޖާސް އިން ދަ މޯލްޑިވްސް. މި މަސައްކަތަށް ބޭނުންވާ ޕްރައިމަރީ ޑޭޓާ އެއްކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފަ. އަދި ތިރީގައި މި ދަންނަވާ ސެކަންޑަރީ ޑޭޓާ އެއްކުރުމުގެ މަސައްކަތް މި ދަނީ ކުރަމުން، އަޅުގަނޑުމެންގެ ދިރާސާގެ އަލީގައި އަޅުގަނޑުމެން އެކަމަށް ގޮތެއް ނިންމާނަން، ހައިދަރު ވިދާޅުވިއެވެ.

މިނިމަމް ވޭޖަކީ ކޮންމެ ދެ އަހަރަކުން ރިވިއު ކުރަންޖެހޭ އެއްޗެކެވެ.  ދިވެހި މަސައްކަތްތެރިންނަށް މިނިމަމް ވޭޖެއް ތައާރަފު ކުރީ ނޮވެމްބަރު، 2021، ގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *