ރާއްޖެއަށް ގިނަ އަދަދެއްގެ ބޭސްތަކެއް އެތެރެކުރަން އުޅުނު ދެ ދިވެހިން އިންޑިއާގެ ކޮޗިން އެއާޕޯޓުން އަތުލައިގެންފިއެ އެވެ.
ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުގެ ކަސްޓަމްސްއާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެ ދެ ދިވެހިންގެ ލަގެޖު ބަލައިފާސް ކުރުމުގެ ތެރެއިން ވަނީ ގިނަ އަދަދެއްގެ ބޭސް ފެނިފައެވެ. އެހާގިނަ އަދަދެއްގެ ބޭސް އެތެރެކުރުމުގެ ފާހެއް ނުވަތަ އެކްސްޕޯޓް ލައިސަންސެއް އެ ދެ މީހުން އަތުގައި ނެތް ކަމަށް އިންޑިއާގެ ނޫސް ތަކުން ރިޕޯޓު ކުރިއެވެ. އެއީ ގާތް ގަޑަކަށް 5 ކޭސް ބޭސް ކަމަށް ނޫސް ތަކުން ރިޕޯޓުކުރިއެވެ. އެއީ ގާތްގަޑަކަށް 3 ލައްކަ އާއި 5 ލައްކަ ރުޕީސްގެ ބޭސް ކަމަށެވެ.
އެ ދެ މީހުން އެތެރެ ކުރަން އުޅުނު ބޭސްތައް އަތުލައިގަނެ، ދެ ދިވެހިން ދޫކޮށްލުމަށް ކަސްޓަމުން ނިންމާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުންޏެވެ.