އިރާނުން، އިޒްރޭލަށް އެންމެ ފަހުން ދިން މިސައިލް ހަމަލާތަކުގެ ސަބަބުން އިރާންގެ ސުޕްރީމް ލީޑަރު އަލީ ހަމާނާއީ ޝަހީދުކޮށްލަން ޖެހިދާނެ ކަމުގެ އިންޒާރު އިޒްރޭލުގެ ދިފާއީ ވަޒީރު ކާޓްސް ދެއްވައިފި އެވެ.
އިރާނުން އަސްކަރިއްޔާއިން ވަނީ އިޒްރޭލަށް އެންމެ ފަހުން ދިން މިސައިލް ހަމަލާގައި އިޒްރޭލުގެ މުހިންމު އިމާރަތްތަކެއް ބިމާ ހަމަކޮށްލައި އިގްތިސޯދީ އަދި އުމްރާނީ ގޮތުން ބޮޑު ގެއްލުމެއް އިޒްރޭލަށް ދީފަ އެވެ.
އެ ހަމަލާއާ ގުޅިގެން ކާޓްޒް ވިދާޅުވީ ހަމާނާއީ ޝަހީދުކޮށްލުމަކީ މި ހަނގުރާމައިގެ އަމާޒެއް ކަމަށެވެ.
"މި ހަނގުރާމައިގެ އަމާޒުތަކުގެ ތެރޭގައި ހަމާނާއީ ޝަހީދުކޮށްލުން ހިމެނޭ" ކާޓްސް ވިދާޅުވި އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އިރާނުން ދިން މިސައިލް ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ ފަރާތުން ވަރުގަދަ ރައްދެއް ދެއްވާނެ ކަމަށެވެ.
ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ނަތަންޔާހޫ ނުދެއްވަ އެވެ.