އީރާނުގެ އެންމެ އިސް ލީޑަރު ޚާމަނާއީ ހުރިތަން އެނގިއްޖެ: ޓްރަމްޕް

އީރާނުގެ އެންމެ އިސް ލީޑަރު ޚާމަނާއީ ހުރިތަން އެނގިއްޖެ: ޓްރަމްޕް

އީރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ހުންނެވީ ކޮންތަނެއްގައި އެނގޭ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޚާމަނާއީ ހުންނެވި ތަނެއް އެނގޭ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އެކަމާބެހޭ ގޮތުން އިތުރު ވާހަކައެއް ނުދެއްކެވިއެވެ. މީގެކުރިން ބޭރުގެ ބަޔެއް މީޑިޔާ ތަކުން ބުނެފައި ވަނީ ޚާމަނާއީ އަވަހާރަކޮށްލާނެ ފުރުޞަތު އިޒްރޭލަށް މީގެކުރިން ލިބުނު ކަމަށެވެ. ނަމަވެސް އެފަހަރު އެކަން ނުކުރީ ޓްރަމްޕް އެކަން ނުކުރަން އެދިގެން ކަމަށްވެސް ރިޕޯޓު ކޮށްފައިވެއެވެ.

އިޒްރޭލްގެ ބޮޑުވަޒީރު ނަތަންޔާހޫވެސް މީޑިޔާގައި ބުނެފައި ވަނީ ޚާމަނާއީއަކީ އިޒްރޭލަށް ފަސޭހަ ޓާގެޓެއް ކަމަށެވެ. ނަމަވެސް ޚާމަނާއީ އަވަހާރަކޮށްލަން އުޅުނު ކަމާމެދު ވަކި އެެއްޗެއް ވިދާޅެއްނުވެއެވެ. އިޒްރޭލްގެ ޓާގެޓަކަށް ޚާމަނާއީ ވެފައިވާ ކަމަށް ބެލެވޭއިރު، އިޒްރޭލްގެ ދިފާއީ ވަޒީރު އިޒްރައެލް ކަޓްޒްވެސް ވަނީ ޚާމަނާއީއަށް ވަރުގަދަ އިންޒާރެއް ދީފައެވެ.

ޚާމަނާއީއަށް އިންޒާރުދީ އޭނާ ވިދާޅުވީ، އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސޭނުވެސް އިޒްރޭލާ ދެކޮޅަށް ނުކުތުމުން ސައްދާމްގެ ނިމުން އައިގޮތް ހަނދާން ކުރުމަށެވެ. އެގޮތް ޚާމަނާއީއަށްވެސް ވެދާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *