އިރާންގެ ހައިޕާސޮނިކް މިސައިލްތަކުގެ ސަބަބުން އިޒްރޭލުގެ އެއާ ޑިފެންސް ހަފުސްވެ ހަލާކުވެ ހުޅަނގުގެ އެހީއަށް އެދިއްޖެ އެވެ.
އެމެރިކާގެ މަގުބޫލެއް ނޫހެއް ކަމަށްވާ ވޮޝިންޓަން ޕޯސްޓުން، އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ ގެނެސްދީފައިވާ ރިޕޯޓުގައި ވަނީ އިޒްރޭލުގެ އެއާ ޑީފެންސް ފަނާވަމުންދާކަން މީގެ މަހެއްހާ ދުވަސްކުރިން އެމެރިކާގެ ސަލާމަތީ ހިދުމަތްތަކުގެ އިސްވެރިންށް އެނގިފައިވާ ކަމަށެވެ.
އެކަން އިތުރަށް ޔަގީންވެފައިވަނީ އިރާނުން ފަތަހަ 1 ހައިޕާސޮނިކް މިސައިލްގެ ސަބަބުން ކަމަށް އެމެރިކާގެ އޮފިޝަލް ވިދާޅުވި އެވެ. އިރާންގެ އެ މިސައިލަކީ އަޑަށްވުރެ ފަސް ގުނަ ބާރަށް ދަތުރުކުރާ މިސައިލެއް ކަމަށް އެމެރިކާގެ އޮފިޝަލް ވިދާޅުވި އެވެ. އެ މިސައިލް ވައްޓާލުމަކީ ވެސް އިޒްރޭލަށް ކެރިކުޅަދާނެ ވެގެންވާ ކަމެއް ނޫން ކަމަށް އެމެރިކާގެ އޮފިޝަލް ވިދާޅުވި އެވެ.
"އެ މިސައިލަކީ ވެސް އިޒްރޭލުގެ ހައި އެޑްވާންސް އެއާ ޑިފެންސް ސިސްޓަމަށް އޮތް ނުރައްކަލެއް" އެމެރިކާގެ އޮފިޝަލް ވިދާޅުވި އެވެ.
އިރާންގެ އެެ މިސައިލުގެ ސަބަބުންނާއި ޝޯޓް ރޭންޖު އެހެން މިސައިލްތަކުގެ ސަބަބުން އިޒްރޭލުގެ އެއާ ޑިފެންސް ހަލާކުވެ ގާބިލުކަން ނެތެމުންދާތީ ހުޅަނގުގެ އެހީއަށް އެދިފައިވާ ކަމަށް އެމެރިކާ ސަރުކާރުގެ އޮފިޝަލް ވިދާޅުވި އެވެ.
ނަމަވެސް އަދި އެއްވެސް ގައުމަކުން އިޒްރޭލަށް އެއްވެސް ގޮތަކުން ސީދާ އެހީތެރިކަން ފޯރުކޮށް ދިނުމަށް ނިންމާފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.