އިޒްރޭލުގެ އަސްކަތީ ޖެޓުތައް އިރާންގެ މަތިން އުދުހޭ މަންޒަރު ފެންނާނެކަމަށް ވިދާޅުވެ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިންޒާރު ދެއްވައިފި އެވެ.'
ނަތަންޔާޙޫ މިއަދު ވިދާޅުވީ އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ފުރަތަމަ ހަމަލާގެ ގޮތުގައި ނިއުކްލިއާ ގާބިލުކަމާއި ބެލިސްޓިކް މިސައިލްތަކަށް އިރާނަށް އަމާޒުކޮށްފައި ކަމަށެވެ.
"20،000 މިސައިލް އުފެއްދުމުގެ ޤާބިލުކަމާއި އުފެއްދުމުގެ ފުރުޞަތު އަޅުގަނޑުމެންނަކަށް ނުދެވޭނެ. އެހެންވީމާ، އެމީހުންގެ އުފެއްދުންތެރިކަމުގެ ޤާބިލުކަން ނައްތާލުމަށް އަޅުގަނޑުމެން އަމަލުކުރީ. އެއީ އައި.ޑީ.އެފް. މިހާރު ކުރަމުންގެންދާ މަސައްކަތް،" ނަތަންޔާހޫ ވިދާޅުވި އެވެ.
"ވަރަށް އަވަހަށް އިސްރާއީލުގެ މަތިންދާބޯޓުތަކާއި އިސްރާއީލުގެ ވައިގެ ސިފައިންނާއި އަޅުގަނޑުމެންގެ ޕައިލެޓުން ތެހެރާނުގެ އުޑުމަތިން އުދުހޭތަން ފެންނާނެ."
ނަތަންޔާޙޫ ވިދާޅުވީ އިރާނުގައި އާޔަތުالله ގެ ވެރިކަން ކުރަމުންދާ ނަމަ އެ ގައުމުގެ ކޮންމެ ތަނަކަށް ވެސް އިޒްރޭލުން ހަމަލާދޭނެ ކަމަށެވެ.