ކައުންސިލް އިންތިޚާބާއި ރިޔާސީ އިންތިޚާބުވެސް އެމްޑީޕީ ކާމިޔާބު ކުރާނެ: މޫސަ

ކައުންސިލް އިންތިޚާބާއި ރިޔާސީ އިންތިޚާބުވެސް އެމްޑީޕީ ކާމިޔާބު ކުރާނެ: މޫސަ

އަންނަ އަހަރު ބާއްވާ އޮތް ލޯކަލްކައުންސިލް އިންތިޚާބާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުވެސް އެމްޑީޕީ ކާމިޔާބު ކުރާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، ކައުންސިލް އިންތިޚާބުގައި ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް އޮންނާނެ ކަމަށާއި، ނަމަވެސް ބޮޑުތަނުން ކައުންސިލް އިންތިޚާބު އެމްޑީޕީން ނަގާނެ ކަމަށެވެ. މޫސަ ވިދާޅުވީ ކައުންސިލް އިންތިޚާބު ބޮޑުތަނުން ނަގަން ސަރުކާރަށްވެސް ފަސޭހަނުވާނެ ކަމަށެވެ.

"ކައުންސިލް އިންތިޚާބު ނަގާނަން. ބޮޑުތަނުން ނަގާނަން" މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވި ގޮތުގައި ކައުންސިލް އިންތިޚާބާހަމައަށް ދާއިރު އެމްޑީޕީ މިހާރަށްވުރެވެސް ވަރުގަދަވުން މުހިންމެވެ. އަދި ޕާޓީގެ އެއްބައިވަންތަކަން ވަރުގަދަވުން މުހިންމެވެ. އެގޮތުން ޕާޓީ ތެރޭގައި މިވަގުތު ހުރި ބަޔެއް ކަންކަން ރަނގަޅުކޮށް އާންމު މެމްބަރުންނާ ގުޅުން ވަރުގަދަކުރުން މުހިންމު ކަމަށް ވިދާޅުވިއެވެ. ތަކުރާރުކޮށް މޫސަ ވިދާޅުވީ ކައުންސިލް އިންތިޚާބުގައި ސަރުކާރު ބަލިކޮށްލާނެ ކަމަށާއި، މޫސަ އަމިއްލަ ގޮތުންވެސް ރަށްރަށަށް ދަތުރުކޮށް އެމްޑީޕީގެ އާންމު މެމްބަރުންނާ މަޝްވަރާކޮށް ޚިޔާލު ހޯއްދަވަމުން ގެންދަވާ ކަމަށެވެ.

މޫސަ ވިދާޅުވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ރާއްޖޭގެ ވެރިކަމަށް އަލުން އެމްޑީޕީ އަންނާނެ ކަމަށެވެ.

"2028 ގެ ރިޔާސީ އިންތިޚާބު އެމްޑީޕީ ކާމިޔާބު ކުރާނެ. ކާމިޔާބު ކުރާނީ ކާކުކަމެއް ނޭނގެ" މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓެއްގެ ފަހަތުން އޭނާ ނުފެންނާނެ ކަމަށާއި، ނަމަވެސް ރިޔާސީ ޕްރައިމަރީން މޮޅުވާ ކެންޑިޑެޓެއްގެ ފަހަތަށް އަރުއްވާނެ ކަމަށެވެ. ޕްރައިމަރީގައި ވަކި ކެންޑިޑޭޓެއްގެ ފަހަތަށް ނާރުއްވަން ނިންމެވި ސަބަބެއް ކަމަށް ވިދާޅުވީ އެމްޑީޕީ ވަރުގަދަކޮށް އެއްބައިވަންތަ ކުރުމުގެ މަސައްކަތުގައި އުޅުއްވަން ބޭނުންވުން ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *