Pakistan's Defence Minister Khawaja Muhammad Asif gestures during an interview with Reuters in Islamabad, Pakistan, May 8, 2025. REUTERS/Fayaz Aziz

އިރާންގައި ތިބީ އަޅުގަނޑުމެންގެ އަހުންނާއި އުހުތުން، އިރާނަށް އެއްވެސް ޝަރުތަކާނުލާ ތާއީދު ކުރާނަން: ޕާކިސްތާން

އިރާންގައި ތިބީ އަޅުގަނޑުމެންގެ އަހުންނާއި އުހުތުން، އިރާނަށް އެއްވެސް ޝަރުތަކާނުލާ ތާއީދު ކުރާނަން: ޕާކިސްތާން

އިރާންގައި ތިބީ ޕާކިސްތާންގެ ރައްޔިތުންގެ އަހުންނާއި އުހުތުން ކަމަށާއި އިރާންގެ ރައްޔިތުންނާއި ސަރުކާރަށް ޕާކިސްތާން ސަރުކާރުގެ ފުރިހަމަ ތާއީދު ލިބޭނެ ކަމަށް ޕާކިސްތާން ސަރުކާރުން ބުނެފި އެވެ.

ޕާކިސްތާންގެ ގާނޫނޫ ހަދާ މަޖިލީހުގައި ހޮނިހިރު ދުވަހު ވާހަކަ ދައްކަވަމުން އެ ގައުމުގެ ޑިފެންސް މިނިސްޓަރު ހަވާޖާ މުހައްމަދު އާސިފް ވިދާޅުވީ މުސްލިމް ހުރިހާ ގައުމުތަކުން އިރާނަށް ތާއީދުކޮށް އެއްކޮޅަކަށް އަރަންވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އިޒްރޭލުގެ އަނިޔާވެރިކަމާ ހުރިހާ މުސްލިމް ގައުމުތަކުން އެއްކޮޅަކަށް އަރަންވާނެ ކަމަށެވެ.

"އިރާންގައި ތިބީ މުސްލިމުން، އަޅުގަނޑުމެންގެ އަހުންނާއި އުހުތުން، ޕާކިސްތާންގެ ފުރިހަމަ ތާއީދު އޮންނާނެ" އޭނާ ވިދާޅުވި އެވެ.

އިޒްރޭލުން ހަމަލާދެނީ ހަމައެކަނި އިރާނަށް ނޫން ކަމަށާއި އިޒްރޭލުން ދަނީ ޕަލަސްތީނަށާއި ޔަމަނަށް ވެސް ހަމަލާދެމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހަނު ތިބެންޏާ އިޒްރޭލުން ހަމަލާ ދެމުންދާނެ ހުރިހާ ގައުމަކަށް ކޮންމެވެސް ދުވަހަކުން" މުހައްމަދު އާސިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔޫރަޕްގެ މުސްލިމް ނޫން ގައުމުތަކުގައި ދަނީ މުޒާހަރާ ކުރަމުން ކަމަށާއި އެ މީހުންގެ އިންސާނިއްޔަތުކަން ދިރި ހޭވެރިކަން ލިބިފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *