ރަމޭޝް ސަލާމަތްވި ގޮތް: ބޯޓު ވެއްޓެން ދަނިކޮށް އެންމެފަހު ވަގުތު އިމަޖެންސީ ދޮރުން ފުންމާލި

ރަމޭޝް ސަލާމަތްވި ގޮތް: ބޯޓު ވެއްޓެން ދަނިކޮށް އެންމެފަހު ވަގުތު އިމަޖެންސީ ދޮރުން ފުންމާލި

އެއާ އިންޑިޔާގެ މަތިންދާ ބޯޓެއް 242 މީހުންނާއެކު ނައްޓާލިތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ވެއްޓުނު ހާދިސާގައި ސަލާމަތްވި ހަމައެކަނި މީހާ ކަމަށްވާ އުމުރުން 38 އަހަރުގެ ވިޝްވާސް ކުމާރު ރަމޭޝް ސަލާމަތްވި ގޮތުގެ ވާހަކަ އޭނާ ކިޔައިދީފިއެވެ.

ރަމޭޝްއަކީ އިންޑިޔާއަށް އުފަން މީހެކެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ރައްޔިތަކަށް ބަދަލުވެ، އިނގިރޭސިވިލާތުގައި މިހާރު ދިރިއުޅެމުންދާ ރަމޭޝް ކިޔައިދިން ގޮތުގައި ބޯޓު ނައްޓާލިތާ ތިރީހަކަށް ސިކުންތުގެ ތެރޭގައި ބާރު އަޑުފައްގަނޑެއްގެ ބޯޓުގެ ތެރެއިން އިވުނެވެ. އެ ހިސާބުން އޭނާ ބެލީ ބޯޓުން ފުންމާލެވޭނެ ގޮތެކެވެ. އެއާއެކު ބޯޓު ވެއްޓެން ދަނިކޮށް އެންމެފަހުވަގުތު އިމަޖެންސީ ދޮރު ހުޅުވުމަށްފަހު އޭނާ ފުންމާލީ ކަމަށް ބުންޏެވެ. އޭނާ ބޯޓުގައި އިނީ 11 އޭ ނަންބަރު ގޮނޑީގައެވެ.

އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ ރަމޭޝް އިންޑިއާއަށް ޒިޔާރަތްކޮށް، އެނބުރި ދާންއުޅެނިކޮށް ދިމާވި މި ހާދިސާގައި، އޭނާ އިނީ އިމަޖެންސީ އެގްޒިޓް ކައިރީގައި ހުންނަ ސީޓް ނަންބަރު 11އޭ ގައެވެ.

ރަމޭޝް ބުނީ ބޯޓުން ފުންމާލައިގެން އަލިފާނުގެ ތެރެއިން އޭނާ ދުވަމުންދިޔައިރު، މަރުވެފައިވާ މީހުންގެ ހަށިތަކާއި ބޯޓުގެ ބައިތައް އޭނާއަށް ފެނުނެވެ. އެއާއެކު ގަނެފައިވާ ބިރު އިތުރަށް ބޮޑުވެ އޭނާ ބާރަށް ދުވެގޮސް އެ ސަރަހައްދުން ނުކުތެވެ. ނަމަވެސް އޭނާގެ ލޮލާއި ބުރަކައްޓަށް އަދި ފަޔަށްވެސް ވަނީ އަނިޔާވެފައެވެ. އަނިޔާތަކެއް ލިބިފައި ހުއްޓަސް އޭނާ އާންމުންނާއެކު އެ ސަރަހައްދުން ހިނގާފައި ދަމުން ވާހަކަ ދައްކާ މަންޒަރު ފެނެއެވެ.

ރަމޭޝް އިންޑިޔާއަށް ދިޔައީ އެ ގައުމުގައި ތިބި އާއިލާ މީހުންނާ ބައްދަލު ކޮށްލާށެވެ. އޭނާއާއެކު ހަމަ އެ ބޯޓުން އޭނާގެ އެއްބަނޑުއެއްބަފާ ބޭބެއަކުވެސް ދިޔަ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ބޭބެގެ ޚަބަރެއް އަދިވެސް ނެތެވެ.

ބޯޓު ވެއްޓުނު ހާދިސާގައި ރަމޭޝް ފިޔަވައި އިތުރު މީހަކު އަދި މިހާތަނަށް ސަލާމަތްވި ކަމުގެ ރިޕޯޓެއް ފުލުހުން ނުދެއެވެ. ބޯޓުން ގިނައިން ދަތުރުކުރީ އިނގިރޭސި ރައްޔިތުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *