ރޭޕް ކުރުމާއި ޖިންސީ ގޯނާކުރުުގެ މައްސަލަތަކަކާއި ގުޅިގެން އިންޑިޔާގެ މަޝްހޫރު ފިލްމްސްޓާ އާޖާޒް ޚާން ހޯދަން މުންބާއީ ފުލުުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ބޮންބޭ ފުލުހުން ބުނީ އޭނާގެ މައްޗަށް ހުށަހަޅާފައިވާ، ރޭޕް ކުރުމާއި ޖިންސީ ގޯނާގެ މައްސަލައިގައި ހައްޔަރު ކުރުމަށް އޭނާ ހޯދަމުންދަނީ، ފޯނުގެ ޒާރީއާއިން އޭނާއަށް ނުގުޅޭތީ އާއި، އޭނާ ވީތަނެއް ނޭނގޭތީ ކަމަށެވެ.
ފުލުހުންނަށް މައްސަލަ ހުށަހެޅި ފަހުން، އޭނާގެ ފޯނު ވަނީ ނިންވާލައިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ މައްޗަށް ފުލުހުންނަށް މައްސަލަ ހުށަހެޅީ، އޭނާ ހުށަހަޅަމުން އަންނަ ޓީވީޝޯ "ހައުސް އެރެސްޓް" ގައި ބައިވެރިވި އަންހެން ފިލްމްސްޓާރަކު ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ.
"ހައުސް އެރެސްޓް" ޝޯއަކީ އަންހެން ކުދިންނާއި ފިރިހެންކުދިން މިކްސްކޮށްގެން، ބޭނުން ކަމެއް ކުރެވޭ ފަދަ ގޮތަކަށް ގެއެްގެ ތެރޭގައި ދިރިއުޅެމުން ގެންދާ ގޮތްތަކެއް ދައްކައިދޭ ޝޯއެކެވެ. އެ ޝޯގައި ހިނގާ ހުތުރު ކަންތައްތަކާއި، ވާހަކަ ދައްކަން ބައެއް ފަހަރު ބޭނުންކުރާ ހުތުރު ބަސް ތަކުގެ ސަަބަބުން ބައެއް ފަރާތް ތަކުން، ޝޯ ބޮއިކޮޓް ކޮށްފައިވެސް ވެއެވެ.