ސަރުކާރުގެ ލޯނު ހަރަދުގައި ބޭރު ގައުމުތަކުގެ ޔުނިވާސިޓީތަކުން ތައުލީމު ހާސިލް ކުރަމުންދާ ދައިވަރުންނަށް ފައިސާ ޖަމާކުރުން ލަސްވަނީ، އެކަމަށް ބޭނުންވާ ފުރިހަމަ މައުލޫމާތު މިނިސްޓްރީއަށް ދަރިވަރުންނަށް ފޯރު ނުކޮށްދެވިގެންކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ދަރިވަރުނަށް ފައިސާ ފޮނުވުން ލަސްވުމުގެ ޝަކުވާ ލިބެމުންދާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު މިނިސްޓަރާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ވަގުތު އޮއްވައި މިނިސްޓްރީއަށް އެންގުމަށްފަހު ދަރިވަރު ސްކޯލާޝިޕަށް ފުރާނަމަ، ދެ މަސްދުވަހުގެ ސްޓައިޕެންޑާއި، ކަނޑައެޅިފައިވާ އެހެންކަންކަމަށް ދޭ ފައިސާ ޑޮލަރުން އެދަރިވަރާ ހަވާލު ކުރާ ކަމަށެވެ.
އެއަށްފަހު ދަރިވަރުދާ ގައުމުގެ ލޯކަލް ބޭންކުގައި އެކައުންޓް ހުޅުވުމަށްފަހު އެ އެކައުންޓަށް ފައިސާ ފޮނުވަން ބޭނުންވާކަމަށް، ފިނޭންސް މިނިސްޓްރީން އަންގާފައިވާ މައުލޫމާތުތައް ލަސްނުވެ ފޮނުވުމަށް އަންގާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ދަރިވަރަށް ފައިސާ ޖަމާކުރަމުންދަނީ، އެ ދަރުވަރު ކިޔަވަމުންދާކަމަށް ކިޔަވާ މަރުކަޒުން މިނިސްޓްރީއަށް އެންގުމުން އަހަރަކު ދެފަހަރުކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ފޮރިން ޕޭމަންޓްގެ ގޮތުގައި ދަރިވަރުގެ ކޯސްފީ ޖަމާކުރަނީ އެ ދަރިވަރު ކިޔަވަމުންދާ ޔުނިވާސިޓީއަކުން ކޯސްފީގެ އިންވޮއިސް މިނިސްޓްރީއަށް ފޮނުވުމުން، އެ ޔުނިވާސިޓީއަށް ކަމަށެވެ.
"ޓީއުޝަން ފީ ދެއްކުމަށާއި ސްޓައިޕަންޑް ޖަމާކުރުމަށްޓަކައި، ދަރުވަރުން މިނިސްޓްރީއާ ހިއްސާކުރާ ބޭންކުއެކައުންޓްގެ މައުލޫމާތު، ބައެއް ހާލަތްތަކުގައި ފުރިހަމަ ނުވުުގެ ސަބަބުން ފައިސާ ޖަމާ ކުުރުގައި ދަތިތަކާ ކުރިމަތިވޭ، އަދި މައުލޫމާތު ފުރިހަމަ ކުރުމަށްއެދި އަލުން ޔުނިވާސިޓީއަށާއި ދަރިވަރަށް އެންގޭ އަދި މި މައުލޫމާތުތައް ފުރިހަމަކުރުމަށްފަހު އަލުން ހުށަހެޅުމުގައިވެސް ވަގުތު ހޭދަވޭ، މިއީ ފައިސާ ފައިސާ ޖަމާކުރުމުގައި ލަސްތައް ދިމާވާ މައިގަނޑު ސަބަބެއް، އެކަމަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް ފައިސާ ޖަމާކުރުމަށް ބޭނުންވާނެ ފުރިހަމަ މައުލޫމާތު ހިމެނޭ ކަރުދާހެއް، ތައްޔާރުކޮށް ދަރިވަރުންނާ ހިއްސާ ކުރެވެމުންދޭ،"
މިނިސްޓަރު އިތުރަށް ވިދާޅުވީ، ޓިއުޝަންފީ ޖަމާ ކުރަމުންދާނީ އެ ދަރިވަރު ކިޔަވަމުންދާ ޔުނީވާސިޓީއަކުން، ތިއުޝަންފީގެ އިންވޮއިސް ލިބުމުންކަމަށެވެ.
އެހެންކަމުން އިންވޮއިސް ލަސްވާނަމަ ފައިސާ ޖަމާކުރުން ލަސްވާ ހާލަތު އަންނަ ކަމަށާއި، އެކަން ހައްލު ކުރުމަށް ޓިއުޝންފީ ޖަމާކުރާނެ ގޮތުގެ ޝެޑިއުލް ތައްޔާރުކޮށް ޝެޑިއުލްގައިވާ ތާރީހަށް ފައިސާ ޖަމާކުރަން ބޭނުންވާ އިންވޮއިސް ހޯދުމަށް މިނސިްޓްރީން މަސައްކަތްކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
"ލޯނު ފައިސާ ޖަމާކުރަނީ، އެގްރީމެންޓްގައި ދަރުވަރު ހިމަނާފައި އޮންނަ ދިވެހި ރުފިޔާގެ އެކައުންޓަށް، ފުރަތަމަ ޕޭމަންޓަށްފަހު ދެން ކޮންމެ ޕެމަންޓެއް ޖަމާކޮށްދެނީ ހަ މަސްފަހުން، ނަމަވެސް އެގޮތަށް ޕޭމަންޓް ޖަމާކޮށްދެނީ، އެ މަރުކަޒެއްގައި ދަރިވަރު ކިޔަވަމުންދާކަން، އެތަނުން މިނިސްޓްރީއަށް އެންގުމުން، އެއީ ކިޔަވަމުން ނުދާ ދަރިވަރެއްގެ ނަމުގައި ފައިސާ ހަރަދުކުރުން ހުއްޓުވުމަށް،"
ނަމަވެސް މިނިސްޓަރު ވިދާޅުވީ ދަރިވަރުންނަށް އަންގާފައިވާގޮތާ ހިލާފަށް، ބައެއް ދަރިވަރުން ފޮނުވަނީ ޕްލޭސްމެންތް ލެޓާ ފަދަ ދަރިވަރު ކިޔަވަމުންދާކަން ކަށ