ބޮލީވޫޑްގެ މަޝްހޫރު އެކްޓަރު ޓައިގާ ޝްރޮފް އަށް މަރުގެ އިންޒާރެއް ދީފިއެވެ.
އެ މައްސަލައިގައި ފުލުހުން ބުނެފައިވަނީ، ޓައިގާ ޝްރޮފް މަރާލުމަށް ބަޔަކު އޭނާގެ ބޮޑީގާޑުންނަށް ދެލައްކަ ރުފިޔާގެ ޑީލެއް ހަދާފައިވާކަމަށް ބުނެ ޕޮލިސް ސްޓޭޝަނަން ގުޅައި މައުލޫމާތު ދީފައިވާ ކަމަށެވެ.
އެމީހަކީ ޓައިގާ ޝްރޮފްގެ ފޭނެއްކަމަށްބުނެ އެކަމުން ތައިގާ ޝްރޮފް ސަލާމަތްކޮށްދިނުމަށް ފުލުހުންގެ ކިބައިން އޭނާ އެދުނު ކަމަށްވެސް ބުނެފައިވެއެވެ.
އެ ފޯންކޯލާ ގުޅިގެން ފުލުހުން މައްސަލަ ތަހުގީގު ކުރިއެވެ.
ނަމަވެސް އެއީ ފުލުހުންނަށް އޮޅުވާލުމަށް، މަނީޝްކުމާރު ސުޖެންދަރު ސިންގ ނަމަކަށް ކިޔާމީހަކު ކުރިކަމެއްކަން ވަނީ އެނގފައެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންނަށް ދޮގު މައުލުމާތުދީ، މީހުންގެ ހިތްތަކުގައި ބިރުވެރިކަން ފެތުރުމުގެ ކުށުގައި ފުލުހުން އެމީހާ ހައްޔަރު ކުރިއެވެ.