އަނެއްކާވެސް ވަގަށް އެތެރެކުރަން އުޅުނު ސިނގިރޭޓްތަކެއް، މިފަހަރު 130،155 ސިނގިރޭޓް

އަނެއްކާވެސް ވަގަށް އެތެރެކުރަން އުޅުނު ސިނގިރޭޓްތަކެއް، މިފަހަރު 130،155 ސިނގިރޭޓް

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު ލައްކައަކަށްވުރެ ސިނގިރޭޓް ހިފަހައްޓައިފިއެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި ވަގަށް އެތެރެކުރަން އުޅުނު ސިނގިރޭޓް އަތުލައިގަތީ އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ. ކަސްޓަމްސް އިން ބުނީ ވަގަށް އެތެރެ ކުރަން އުޅެނިކޮށް އަތުލައިގަތް ސިނގިރޭޓްގެ ޖުމްލަ އަދަދަކީ 130،155 ކަމަށެވެ.

ދުންފަތް ކޮންޓްރޯލު ކުރުމާއިބެހޭ ގާނޫނަށް ގެނައި ބަދަލުގެ ފަހުން ރާއްޖެއަށް ސިނގިރޭޓް ވަގަށް އެތެރެކުރަން އުޅުން ފަހަކަށް އައިސް ވަނީ ގިނަވެފައެވެ. ދާދިފަހުންވެސް ވަގަށް އެތެރެކުރަން އުޅުނު ސިނގިރޭޓް ތަކެއް ކަސްޓަމްސްއިން އަތުލައިގަތެވެ. އެ ފަހަރު ސިނގިރޭޓް އެތެރެކުރަން އުޅުނު މީހުންގެ ތެރޭގައި ފުލުހަކުވެސް ހިމެނެއެވެ.

ދުންފަތް ކޮންޓްރޯލު ކުރުމުގެ ގާނޫނަށް ދާދިފަހުން ގެނައި އިސްލާހާއެކު ރާއްޖެއަށް ވޭޕް އެތެރެކުރުންވެސް ވަނީ މަނާ ކޮށްފައެވެ. އަދި ބިޑި އާއި ސުއްޓާ އަދި ސިނގިރޭޓް އުފައްދަން ބޭނުންކުރާ ސާމާނު އެތެރެކުރުންވެސް ވަނީ މަނާ ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *