ރައީސް ޑރ. މުހަންމަދު މުއިއްޒުގެ ދޮށީ ފިރިހެން ދަރިކަލުންނާއި ގުޅުވައިގެން، ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނާނެހެން ވާހަކަ ދެއްކެވީ ކަމުގެ ތުހުމަތުގައި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު މިއަދު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ހުސައިން ވަހީދު ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ މިއަދު ހަވީރު 4 ޖަހާއިރުއެވެ. ހުސައިން ވަހީދުގެ އިތުރުން ޕީއެންއެފްގެ އެކްޓިވިސްޓެއް ކަމަށްވާ މުހަންމަދު ވަހީދުވެސް ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވެއެވެ.
އެނގިފައިވާ ގޮތުގައި ހުސައިން ވަހީދާއި މުހަންމަދު ވަހީދު ހާޒިރު ކުރަނީ ޕީއެންއެފްގެ ޖަލްސާއެއްގައި ރައީސްގެ ދަރިކަލުންނާއި ގުޅުވައިގެން ދެއްކެވީ މައްސަލައެއްގައެވެ.